އައްޑޫގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި، ޒުވާނަކަށް ސީރިއަސް އަނިޔާތަކެއް

އައްޑޫގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި، ޒުވާނަކަށް ސީރިއަސް އަނިޔާތަކެއް

Author
ހުސެއިން
12 ފެބްރުއަރީ 2023 06:20
0

އައްޑު އަތޮޅު ފޭދޫގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގާ، މީހެއްގެ ބޮލަށް ސީރިއަސް އަނިޔާތަކެއް ލިބިއްޖެއެވެ.

ޚަބަރު އޮންލައިނާ ބާހަކަދެއްކި މީހަކު ކިޔައިދީފައިވާ ގޮތުގައި، މިއަދު ހިނގި މިއެކްސިޑެންޓުގައި އަނިޔާވެފައިވަނީ އުމުރުން 19 އަހަރުގެ ޒުވާން ފިރިހެން ކުއްޖަކަށެވެ. އަދި އޭނާއަށް މިހާރު ފަރުވާ ދެމުންދަނީ އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުގައެވެ.

ފުލުހުން ބުނެފައިވަނީ މި އެކްސިޑެންޓުގައި ޒުވާނާގެ ބޮލަށް ސީރިއަސް އަނިޔާތަކެއް ލިބިގައިވާ ކަމުގައެވެ. އަދި އޭނާގެ އަތަށްވެސް އަނިޔާތަކެއް ލިބިގައިވާކަމަށް މައުލޫމާތު ލިބިފައި ވެއެވެ.

.ފުލުހުން ބުނެފައިވަނީ، އެކްސިޑެންޓު ހިނގައިގެން އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) އަށް ޒުވާނަކު ގެންގޮސްފައިވާ ކަމަށާއި، އޭނާގެ ހާލު ސީރިއަސް ކަމަށް އޭއީއެޗް އިން ފުލުހުންނަށް މައުލޫމާތު ދީފައިވާ ކަމަށެވެ.

މިމައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.