ޕީޕީއެމް ހުޅުމާލެ ދާއިރާގެ ރައީސް އިންޑިއާގައި ހައްޔަރުކޮށްފި

ޕީޕީއެމް ހުޅުމާލެ ދާއިރާގެ ރައީސް އިންޑިއާގައި ހައްޔަރުކޮށްފި

Author
ހުސެއިން
11 ފެބްރުއަރީ 2023 05:10
0

އިދިކޮޅު ޕީޕީއެމްގެ ހުޅުމާލެ ދާއިރާގެ ރައީސް އަބްދުއް ސަމަދު (ސަމަދުބެ) ބޭސްފަރުވާއަކަށް އިންޑިއާ ގޮސް ހުއްޓާ ހައްޔަރު ކޮށްފިއެވެ.

އިދިކޮޅު ޕީޕީއެމްއަށް ތާއީދުކުރާ ނޫހެއް ކަމުގައިވާ "ދިޔަރެސް" ނޫހުން ރިޕޯޓު ކޮށްފައިވާ ގޮތުގައި ސަމަދު ހައްޔަރު ކޮށްފައިވަނީ ބެންގަލޫރުގެ މަނިޕާލް ހޮސްޕިޓަލުގައި ހުއްޓާ އިންޑިއާގެ އިމިގްރޭޝަން އޮފިޝަލުން އެ ހޮސްޕިޓަލަށް ގޮހެވެ.

"އެމީހުން ބުނި ކަމަށްވަނީ ސަމަދުބެ ޕާސްޕޯޓުގައި މައްސަލައެއް ހުރިކަމަށް. އަދި ޑިޕޯޓުކުރަން ގެންދަނީ ކަމަށް ބުނި"

ސަމަދުގެ ގާތް މީހަކާއި ހަވާލާދީ ދިޔަރެސް ނޫހުން ރިޕޯޓު ކޮށްފައި ވެއެވެ.

ސަމަދުއަކީ، އިދިކޮޅު ޕީޕީއެމްއިން ކުރިޔަށް ގެންދިޔަ "އިންޑިއާ އައުޓު" ހަރަކާތްތަކުގައި ވަރަށް އިސްކޮށް ހަރަކާތްތެރި ވެފައިވާ އެކްޓިވިސްޓެކެވެ.

އިދިކޮޅު ޕީޕިއެމްއިން ކުރިޔަށް ގެންދިޔަ "އިންޑިއާ އައުޓު" ހަރަކާތް ހުއްޓާލާފައިވަނީ، އެ ހަރަކާތަކީ ޢައިރު ގާނޫނީ ހަރަކާތެއްކަމަށް ރައީސް ސާލިހުގެ ގަރާރަކުން ކަނޑައެޅި ހިސާބުންނެވެ. އެހެންނަމަވެސް އޭގެ ފަހުންވެސް އިދިކޮޅު ޕީޕީއެމްއިން ކުރިޔަށް ގެންދާ މުޒާހިރާތަކުގައި ދަނީ އަވައްޓެރި އިންޑިއާއާއި ދެކޮޅަށް އަޑު އުފުލަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އ އަލިހޮއްކޮ
މިއުޅެނީ މި ފެންވަރުގެ މީހުންނެވެ. އިންޑިޔާ އައުޓް ގޮވާ، ހަޅޭއްލަވާ،، ޓީސާޓް ލައިގެން ތެޅިތެޅިފައި ކަމެއް ދިމާވާއިރަށް އިންޑިޔާއަށް! ލަދުހަޔާތޭ މިކިޔާ އެއްޗެއްވެސް ނެތީއެވެ.