ހުޅުމާލެ ހައިވޭގައި އެކްސިޑެންޓެއް ހިނގާ މީހަކަށް ސީރިއަސް އަނިޔާއެއް

ހުޅުމާލެ ހައިވޭގައި އެކްސިޑެންޓެއް ހިނގާ މީހަކަށް ސީރިއަސް އަނިޔާއެއް

Author
ހުސެއިން
09 ފެބްރުއަރީ 2023 06:51
0

ހުޅުމާލެއާއި މާލެއާއި ގުޅުވައިދޭ ބްރިޖް މަތީގައި އެކްސިޑެންޓެއް ހިނގާ، މީހަކަށް ސީރިއަސް އަނިޔާއެއް ވެއްޖެއެވެ.

ސައިކަލަކާއި ކާރެއްޖެހި ހިނގި މި އެކްސިޑެންޓުގައި އަނިޔާވެފައިވަނީ ސައިކަލު ދުއްވަން މީހާއަށް އަނިޔާވެފައިވަނީ ހުޅުމާލެއިން ދުއްވާފައި އައި ކާރެއްގައި ޖެހިގެންނެވެ.

ޚަބަރު އޮންލައިނަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އެކްސިޑެންޓް ވީމީހާގެ ހާލު ސީރިއަސްނަމަވެސް، އޭނާއަށް ފަރުވާ ދެމުންދަނީ އައިޖީއެމްއެޗްގެ އެމަޖެންސީގައެވެ.

މި އެކްސިޑެންޓުގައި ކާރާއި ސައިކަލަށްވެސް ގެއްލުން ލިބިފައިވާއިރު، ފުލުހުންދަނީ މި އެކްސިޑެންޓު ތަހުގީގު ކުރަމުންނެވެ.

ތަފްސީލް އަންނަނީ..

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.