ދިއްގަރުގައި ލޯންޗެއްގެ އިންޖީނު ގޮވައި ދެ މީހަކަށް އަނިޔާވެއްޖެ

ދިއްގަރުގައި ލޯންޗެއްގެ އިންޖީނު ގޮވައި ދެ މީހަކަށް އަނިޔާވެއްޖެ

Author
ޢަލީ އާދަމް
07 ފެބްރުއަރީ 2023 02:12
0

ދިއްގަރު ފަޅުގައި އޮތް ލޯންޗެއްގެ އިންޖީނު ގޮވައި ދެ މީހަކަށް އަނިޔާވެއްޖެއެވެ.

މަޢުލޫމާތު ލިބިފައިވާގޮތުގައި މިޙާދިސާ ހިނގާފައިވަނީ "އަސުރުމާ" ނަމަކަށްކިޔާ ލޯންޗެއް ދިއްގަރު ފަޅުގައި އަޅާފައި އޮއްވައި، ދެމީހަކު ކެޔޮޅުކަމު ދިއުމަށް އޭގެ އިންޖީނު ސްޓާޓުކޮށްލުމާއެކުއެވެ. އިންޖީނު ގޮވުމާއެކު އަލިފާންރޯވެ ލޯންޗުވަނީ ބޭނުންނުކުރެވޭވަރަށް އަނދާފައެވެ. އަދި އެވަގުތު އެލޯންޗުގައި ތިބި ދެމީހުންނަށްވެސް ވަނީ ބޮޑެތި އަނިޔާތަކެއް ވެފައެވެ.

އަނިޔާވި ދެމީހުން މިހާރުވަނީ އިތުރު ފަރުވާއަށް މާލެ ފޮނުވާފައިކަމަށް މަޢުލޫމާތު ލިބެއެވެ.

މިޙާދިސާ ހިނގަން މެދުވެރިވި ސަބަބެއް އަދި ނޭނގެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.