މިއަހަރަށް ރައްޔިތުން މަޖިލިސް ހުޅުވުމަށް ބޭއްވި ޖަލްސާގައި، އިދިކޮޅު މެމްބަރުންގެ އިހުތިޖާޖާހެދި މަޖިލީހުގައި ރިޔާސީ ބަޔާން އިއްވަވަން ދަތިފުޅުވެ އެންމެފަހުން އިދިކޮޅު މެމްބަރުން މަޖިލީހުގެ ތަޅުމުން ނެރުމަށްފަހު ރިޔާސީ ބަޔާން އިއްވަވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ރިޔާސީ ބަޔާން އިއްވަވަން ފެށްޓެވުމާއެކު މިއަދު ޕީޕީއެމްގެ ނައިފަރު ދާއިރާގެ މެންބަރު އަހްމަދު ޝިޔާމް ތެދުވެވަޑައިގެން އިހްތިޖާޖު ފެށްޓެވިއެވެ. އެއާއެކު އިދިކޮޅު އެހެން މެމްބަރުން އެ އިހުތިޖާޖުގައި ބައިވެރިވެ ރިޔާސީ ބަޔާން އިއްވަވަން ހުރަސް އެޅިއެވެ.
މިއަދުގެ ޖަލްސާ ކުރިއަށް ނުގެންދެވިގެން ބައެއް މެމްބަރުންގެ ނަން އިއްވައި މަޖިލީހުގެ ތަޅުމުން ނުކުތުމަށް ރިޔާސަތުން ރައީސް ނަޝީދު އެންގެވިއެވެ. އެހެންނަމަވެސް އެމެމްބަރުން ނުނުކުތުމާއެކު ޖަލްސާ މެދުކަނޑާލިއެވެ.
މެމްބަރުން ތަޅުމުން ނެތުމަށްފަހު އަލުން ޖަލްސާ ފެށީ އިތުކޮޅެއްފަހުންނެވެ. ދެވަނަފަހަރަށް ޖަލްސާ ފެށައި ރައީސުލްޖުމްހޫރިއްޔާ ވަނީ ރިޔާސީ ބަޔާން އިއްވަވާފައެވެ.