"ރޮކީ އޯރް ރާނީ ކީ ޕްރޭމް ކަހާނީ" ފަސްކޮށްފި

"ރޮކީ އޯރް ރާނީ ކީ ޕްރޭމް ކަހާނީ" ފަސްކޮށްފި

Author
ފާތިމަތު ނާވީ
05 ފެބްރުއަރީ 2023 02:39
0

ގިނަ ދުވަސް ތަކަކަށް ފަހު ކަރަން ޖޯހަރު ޑައިރެކްޓަރުގެ ގޮނޑިން ފެނިގެންދާ ފިލްމު "ރޮކީ އޯރް ރާނީ ކީ ޕްރޭމް ކަހާނީ" ރިލީޒްކުރާ ތާރީހު ތިން މަސް ފަސްކޮށްފި އެވެ.

ކުރިން މި ފިލްމް އެޅުވުމަށް ތާވަލް ކޮށްފައި އޮތީ މި އަަހަރުގެ އޭޕްރީލް މަހުގެ 28 ވަނަ ދުވަހަށެވެ. ނަމަވެސް މި ފިލްމް ވަނީ އަންނަ ޖުލައި މަހުގެ 28 ވަނަ ދުވަހަށް ފަސްކޮށްފައިކަން ސޯޝަލް މީޑީއާގައި ވަނީ އިއުލާން ކޮށްފައިއެވެ.

 

View this post on Instagram

 

A post shared by Karan Johar (@karanjohar)

 

"ރޮކީ އޯރް ރާނީ ކީ ޕްރޭމް ކަހާނީ" ފިލްމަކީ 2016 ވަނަ އަހަރު ކަރަން ޑައިރެކްޓު ކުރި، އަނުޝްކާ ޝަރްމާ އަދި ރަންބީރް ކަޕޫރް އަދި އައިޝްވާރްޔާ ރާއި ފެނިގެންދިއަ ފިލްމު، "އޭ ދިލްހެ މުޝްކިލް" އަށް ފަހު އޭނާ ޑައިރެކްޓް ކުރާ ފުރަތަމަ ފިލްމެވެ. އަދި ހަމަ އެއާއި އެކުގައި މި ފިލްމް އަކީ އާލިއާ އަށް އަލަތު ދަރިފުޅު ލިބުމަށްފަހު އޭނާ ވެސް އެނބުރި އައުން ފާހަގަ ކުރާނެ ފިލްމްވެސް މެއެވެ.

 

View this post on Instagram

 

A post shared by Alia Bhatt 💛 (@aliaabhatt)

މި ފިލްމް ގެ ލީޑުން ފެނިގެންދާނީ މަޝްހޫރު ބޮލީވުޑްގެ ދެތަރިން ކަމުގައިވާ އާލިއާ ބަޓް އާއި ރަންވީރު ސިންގްއެވެ. އެ ފިލްމުން ފެންނާނެ އިތުރު ތަރިންގެ ތެރޭގައި ދަރުމެންދުރަ އާއި ޝަބާނާ އަޒްމީ އަދި ޖާޔާ ބައްޗަން ވެސް ހިމެނެ އެވެ.

އާއިލާއެއްގެ މައްޗަށް ބިނާކޮށް ހަދާ މި ރޮމޭންޓިކް ކޮމެޑީއަކީ ތިނެސްކަން ލޯބީގެ ވާހަކައެކެވެ. ތިނެސްކަން ލޯބީގެ ފިލްމުތައް ބޮލީވުޑްގައި އަަންމު ނަމަވެސް މި ފިލްމު ތަފާތު ވަނީ މި ފިލްމުން ދުވަސްވީ ތިން މީހެއްގެ ލަވް ޓްރޭންގަލް ފެނިގެން ދާތީއެވެ.

 

View this post on Instagram

 

A post shared by Ranveer Singh (@ranveersingh)

ރޮކީ އޯރް ރާނީ ކީ ޕްރޭމް ކަހާނީ' އަކީ 'ގަލީ ބޯއީ' އަށް ފަހު އާލިޔާ އާއި ރަންވީރު އެކުގައި ސްކްރީނުން ފެންނާނެ ފުރަތަމަ ފިލްމެވެ. މި ފިލްމަކީ 2016 ގެ "އޭ ދިލް ހެ މުޝްކިލް"އަށް ފަހު ކަރަން ޑައިރެކްޓްކުރާ ފުރަތަމަ ފިލްމަށް ވާއިރު، އެސިސްޓެންޓް ޑައިރެކްޓަރެއްގެ ގޮތުގައި ސަަައިފް އަލީ ޚާނާއި އަމްރީތާގެ ފިރިހެން ދަރިފުޅު އިބްރާހިމް އަލީ ޚާން ފިލްމުގައި މަސައްކަތް ކުރާނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.