ފާއިޒު ސަފީރުކަމުގެ ފަތްކޮޅު ސްރީ ލަންކާގެ ރައީސަށް އަރުވައިފި

ފާއިޒު ސަފީރުކަމުގެ ފަތްކޮޅު ސްރީ ލަންކާގެ ރައީސަށް އަރުވައިފި

Author
ހުސެއިން
03 ފެބްރުއަރީ 2023 07:15
0

ސްރީލަންކާއަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުކަމުގެ މަޤާމަށް މއ. މަނާގެ، ޢަލީ ފާއިޒު މަޤާމުގެ ފަތްކޮޅު ސްރީ ލަންކާގެ ރައީސް ރަނިލް ވިކްރަމެސިންހެއަށް އަރުވައިފިއެވެ.

ފާއިޒް މަގާމްގެ ފަތްކޮޅު ރަނިލްއަށް އަރުވާފައިވަނީ، ސްރީ ލަންކާގެ ކެންޑީގައިހުންނަ، ރައީސްގެ ގެކޮޅުގައެވެ. ފޮރިންގ މިނިސްޓްރީން ހާމަ ކޮށްފައިވާ ގޮތުގައި ފަތްކޮޅު އެރުވުމަށްފަހު ފާއިޒްވަނީ ރައީސް ސާލިހުގެ ފަރާތުން ސްރީ ލަންކާގެ ރައީސް ރަނިލް ވިކްރަމެސިންހެއަށް ވެދުން ދަންނަވާފައި ކަމުގައެވެ.

އަދި ސްރީ ލަންކާގައި ދިރިއުޅެމުންދާ ދިވެހިންނަށް ސްރީ ލަންކާގެ ސަރުކާރުން ވެދެއްވަމުން ގެންދަވާ އެހީތެރިކަމަށްޓަކާވެސް ފާއިޒް ވަނީ ސްރީ ލަންކާގެ ރައީސަށް ޝުކުރު އަދާ ކޮށްފައެވެ. އަދި އޭގެ އިތުރުން، ސްރީ ލަންކާއަށް ކުރިމަތިވެފައިވާ އިގްތިސަދީ ކާރިސާއިން އަރައިގަތުމުގައި ރަނިލް ވިކްރަމެސިންހެ ދައްކަވާފައިވާ ލީޑަރޝިޕަށްވެސް މި ބައްދަލުވުމުގައި ފާއިޒްވަނީ ތައުރީފް ކުރައްވާފައެވެ.

އޭގެ އިތުރުން، ދެގައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ހަރުދަނާ ކުރުމަށް ޚާއްސަ ސަމާލުކަމެއް ދެއްވައިގެން މަސައްކަތް ކުރައްވާނެކަންވެސް ފާއިޒު ވަނީ ހާމަ ކުރައްވާފައެވެ.

މި ބައްދަލުވުމުގައި ސްރީ ލަންކާގެ ރައީސްވަނީ ފާއިޒަށް މަރުހަބާ ވިދާޅުވެ، ދެގައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަލުހިކޮށް، ދެގައުމުގެ މަސްލަހަތު އޮތް ކަންކަމުގައި ރާއްޖެއާއި ވީހާވެސް ގާތުން މަސައްކަތް ކުރައްވާނޭކަމުގެ ޔަގީންކަން ދެއްވާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.