ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަންކުރުމުގެ މަސައްކަތުގައި ކުރީ ސަފުގައި ހަރަކާތްތެރިވުމަށް އިދިކޮޅު ޕީޕީއެމްއާއި އަބްދުﷲ ރިފާއު (ބޮޗޭ) ގުޅިވަޑައިގެންފިއެވެ.
މިއަދު ޕީޕީއެމްގެ އޮފީހުގައި ބޭއްވި ރަސްމިއްޔާތުގައި ބޮޗޭއަށް އަލުން ޕީޕީއެމްއާއި ގުޅިވަޑައިގަތުމުން އޭނާއަށް ޕީޕީއެމްގެ ލީޑަރޝިޕުން ހޫނު މަރުހަބާއެއް ކިޔާފައެވެ. ޕީޕީއެމްގެ ހަރަކާތްތަކުގައި މީގެ ކުރިންވެސް އެންމެ އިސްކޮށް ހަރަކާތްތެރިވި ބޮޗޭއަކީ އެޕާޓީގައި ޒުވާނުންގެ ކަންކަން ކުރިއަށް ގެންދިއުމަށް ވަރަށް ގިނަ މަސައްކަތްތަކެއް ކޮށްދެއްވާފައިވާ ބޭފުޅެކެވެ. ޒުވާނުންނާއި ގާތް ގުޅުމެއް އޮންނަ ބޮޗޭއަކީ ނިމިދިޔަ ވެރިކަމުގައި ޒުވާނުންނަށް ގިނަ ކަންތައްތަކެއް ފަހި ކުރުމަށް އޭރުގެ ސަރުކާރުގެ ތެރެއިން ގިނަ މަސައްކަތް ތަކެއް ކޮށްދެއްވި ބޭފުޅެކެވެ.
I have signed back to #PPM just now@VaguthuOnline @avasmv @Mihaarunews @zaviyanimedia @oneonlinemv @sunbrk @raajjemv @DhiyaresNews pic.twitter.com/pypZI3kfzq
— Bochey #FreeRaeesYameen (@RifauMP) November 25, 2020
މާފަންނު ދެކުނު ދާއިރާގެ ކުރީގެ މެމްބަރު އަބްދުﷲ ރިފާޢު އަކީ ޑީއާރުޕީ އުފެދިގެން އައިރުވެސް އެޕާޓީގައި މަސައްކަތް ކުރެއްވި ބޭފުޅެކެވެ. އަދި ފަހުން އޭނާ ވަނީ ޕީޕީއެމްއާއި ގުޅިގެން މަޖިލިސް މެމްބަރުކަމާއި އެޕާޓީގެ ޒުވާނުންގެ ހަރަކާތްތަކުގައިވެސް މުހިންމު ދައުރެއް އަދާކުރައްވާފައެވެ. ބޮޗޭ މިރޭ މިހުރިހާ މަޤާމަކުން އިސްތިއުފާ ދެއްވާފައިވާއިރު، އިސްތިއުފާ ދެއްވި ސަބަބެއް ހާމަކޮށްފައި ނުވެއެވެ.
ޑީއާރުޕީން ވަކިވުމަށްފަހު އިދިކޮޅު ޕީޕީއެމްއާއި ގުޅިފައިވަނީ ޑީއާރުޕީގެ ލީޑަރު ޗެއާމަން ޖާބިރާ އެއްވެސް މައްސަލައެއް ޖެހިގެނެއް ނޫންކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. އޭނާގެ ހުރިހާވެސް އަމާޒަކީ ރައީސް ޔާމީން މިނިވަން ކުރުމަށް ހުރިހާ ވަގުތެއް ހުސްކުރައްވައިގެން މަސައްކަތް ކުރުންކަމަށް ބޮޗޭ ބުނެފައިވެއެވ.
ކޮމެންޓު ފޮނުވާ