އެއްގަމުގައި އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސް ދޫކުރުން މެދުކަނޑާލައިފި

އެއްގަމުގައި އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސް ދޫކުރުން މެދުކަނޑާލައިފި

Author
ޢަލީ އާދަމް
29 ޖެނުއަރީ 2023 03:23
0

އެއްގަމު އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސް ދޫކުރުން ވަގުތީގޮތުން މެދުކަނޑާލައިފިއެވެ.
މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަނުން ވިދާޅުވީ ލައިސެންސް ދޫކުރުން މެނދުކަނޑާލީ، ޑިޖިޓަލް ލައިސަންސް ތަޢާރަފްކުރުމަށް ކުރަންޖެހޭ ތައްޔާރީތައްވުމަށްޓަކައި ކަމަށެވެ. މެދުކަނޑާލާފައިވަނީ އަންނަ މަހުގެ 4ވަނަ ދުވަހުގެ ނިޔަލަށެވެ.

ޑިޖިޓަލް ލައިސަންސްގެ ޚިދުމަތް ފެށުމުގެ ކުރިން ކުރަންޖެހޭ ޑޭޓާ މައިގްރޭޝަންގެ މަސައްކަތް މިހާރު ދަނީ ކުރިއަށެވެ. އަލަށް ތައާރަފްކުރާ ސޮފްޓްވެއަރގައި ލައިސަންސަށް އެދި ހުށަހެޅުމާއި އެއާ ގުޅޭ އެހެން ކަންކަން ޑިޖިޓަލްވާނެއެވެ.

ފެބުރުއަރީ 5ވަނަ ދުވަހު ޑިޖިޓަލް ލައިސަންސާއެކު އަލުން ލައިސަންސް ދޫކުރަން ފަށާނެއެވެ.

ޚިދުމަތް މެދުކެނޑިފައި އޮންނަ މުއްދަތުގައި މުއްދަތު ހަމަވާ ލައިސަންސްތައް، ފެބްރުއަރީ 14 ވަނަ ދުވަހުގެ ނިޔަލަށް ބޭނުން ކުރެވޭނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.