ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ޝާހިދު ކަޕުރުގެ ކުރިއަށް އޮތް އޭނާ ގެ އަލަތު ވެބް ސީރީޒް "ފަރްޒީ" ގެ އެންމެ ހިތްގައިމު އެއް ލަވަ "ސަބް ފަރްޒީ" ކިޔައިފައިވަނީ ސަބާ އަޒާދްއެވެ.
ސަބާ އަކީ ބޮލީވުޑްގެ ސްޕަސްޓާރު ރިތިކް ރޯޝަންގެ މިހާރުގެ ލޯބިވެރިޔާއެވެ. ލަވަ ކިޔާފައިވަނީ ޕޮޕް ލަވަކިޔުމަށް މަޝްހޫރު ސަބާގެ މި ލަވަ މިހާރު ވެގެން ގޮސްފައިވަނީ ގިނަ ބައެއްގެ މެދުގައި ވަރަށް މަގުބޫލު ލަވައަކަށެވެ.
ސަޗިން-ޖިގަރް މިއުޒިކް ތައްޔާރުކޮށްދީފައިވާ މި ލަވައިގެ ޝާއިރަކީ ޕްރިޔާ ސަރައިޔާ އެވެ. މާ މަޝްހޫރު ނޫން ސަބާ އަކީ އަކީ އަމިއްލަ މިއުޒިކް ބޭންޑެއްގައި މަސައްކަތްކުރާ ޕޮޕް ލަވަކިޔުންތެރިއެކެވެ. މި ބޭންޑުން ވަރަސް ގިން ކޮންސެޓްތަށް ބާއްވައެވެ. ލަވަ ކިއުމުގެ އިތުރުން ބައެއް ފިލްމް ތަކުން ފެނިގެފައިވާ ސަބާ ސަބާ އަކީ މާ މަޝްހޫރު ނޫން ނަމަވެސް ލަވަކިޔުންތެރިއެއް އަދި ބަތަލާއެކެވެ.
ރިޕޯޓްތައް ބުނާ ގޮތުން ސަބާ އާއި ރިތިކް މި އަހަރު ނިމުމުގެ ކުރިން ކައިވެނިކުރާނެ އެވެ. ރިތިކަކީ މީގެ ކުރިން ކައިވެންޏެއް ކޮށްފައިވާ މީހެކެވެ. ކުޑައިރުގެ ލޯބިވެރިއާ ސުޒާން ހާން އާއި 2000 ވަނަ އަހަރު ކުރި ކައިވެނި ރޫޅުނީ 2014 ވަނަ އަހަރުގައިއެވެ. މި ކައިވެންޏަށް ދެ ދަރިން ވެސް ވަނީ ލިބިފައިއެވެ.
ސަބާ އާންމުންގެ މެދުގައި އެނގެން ފެށީ ރިތިކް އާއި ރައްޓެހިވި ހިސާބުންނެވެ. މިހާރު ހަބަރުތަކުން އެންމެ ބޮޑަކށް ކަވަރު ކުރަމުން އަންނަ ދެލޯބިވެރިން ނަށް މިހާރު އެމީހުން ވަނީ ވެގެން ގޮސްފައިއެވެ.
"ފަރްޒީ" އަކީ އެމެޒޯން ޕްރައިމަށް އެކްޓަރު މަނޯޖް ބަޖްޕާއީއާ އެކީ "ދަ ފެމިލީ މޭން" ގެ ދެ ސީޒަން ގެނެސްދިނުމަށް ފަހު، އެއަށް މިހާރު ވަރުން ދަވަނާ އެކީ "ސިޓަޑެލް އިންޑިއާ" ހަދަން ތައްޔާރީތައް ވަމުން އަންނަ ދެ ޑައިރެކްޓަރުން ކަމަށްވާ ރާޖް އެންޑް ޑީކޭ ޑައިރެކްޓްކޮށްފައިވާ އެއްޗެކެވެ.
މީގައި ކިޔައިދޭނީ އާދައިގެ ކުރެހުންތެރިޔަކު ކުށުގެ ވެއްޓަށް ހުށަހެޅި އެކަމުގެ ތެރޭގައި އޭނާއަށް ކުރިމަތިލާން ޖެހޭ ކަންކަމެވެ. މި ވެބް ސީރީޒް އަކީ ތުރިލާ އެކެވެ."ފަރްޒީ" ގެ ކާސްޓްގައި ވިޖޭ ސެތުޕަތީ، ރާޝީ ކަންނާ، ކޭކޭ މެނަން، ރެޖީނާ ކެސަންޑްރާ، ޒާކިރު ހުސައިން، ބޫވަން އަރޯރާ، ކުބްރާ ސައިތު އަދި ކުރީގެ އެކްޓަރު އަމޯލް ޕަލޭކަރް ހިމެނެ އެވެ.