އިއްޔެ މަރުވެފައި އޮއްވާ ފެނުނު މީހާ މޫދަށް އެރުނީ އަމިއްލައަށް

އިއްޔެ މަރުވެފައި އޮއްވާ ފެނުނު މީހާ މޫދަށް އެރުނީ އަމިއްލައަށް

Author
މުޙައްމަދު ޖިމީ
25 ނޮވެމްބަރ 2020 11:09
0

މާލޭގެ ދެކުނު ފަރާތު މޫދުގައި އިއްޔެ މަރުވެފައި އޮއްވާ ފެނުނު އިނގިރޭސިވިލާތުގެ މީހާ އަމިއްލައަށް މޫދަށް އެރިއުޅޭ މަންޒަރު ސީސީޓީވީ ފޫޓޭޖުން ފެންނަކަމަށް ފުލުހުން ބުނެފިއެވެ.

ޕޮލިސް ޓޯވ ޔާޑާ ދިމާލު މޫދުން އިއްޔެ މަރުވެފައި އޮއްވާ ފެނިފައިވަނީ ޢުމުރުން 58 އަހަރުގެ އިނގިރޭސިވިލާތުގެ ފިރިހެނެކެވެ. އިއްޔެ ހެނދުނު 09:43 ހާއިރު އޭނާ މޫދުގައި މަރުވެފައި އޮއްވާ ފެނިގެން ފުލުހުން އެސަރަހައްދުގައި ހަރަކާތެރިވީއރު، އޭނާ ފެނުނު އިރުވެސް އޮތީ މަރުވެފައެވެ.

ފުލުހުން ބުނީ އޭނަ އިއްޔެ 09:29 ހާއިރު އަމިއްލައަށް މޫދަށް އެރޭ މަންޒަރު ސީސީޓީވީ ފުޓޭޖުން ފެންނަކަމަށެވެ. އަދި އޭގެ އިރުކޮޅެއްފަހުން އޭނާގެ ހަށިގަނޑު އެއްވެސް ހަރަކާތެއްނެތި ފެންމަތީގައި އޮންނަ މަންޒަރު ފެންނަކަމަށްވެސް ފުލުހުން ބުންޏެވެ.

އޭނާ އަމިއްލައަށް މޫދަށް އެރުނީ ކީއްވެގެންކަން ފުލުހުން ހާމަނުކުރެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.