ރައްޔިތުންގެ މަޖިލީހުގައި ރައްޔިތުން ތަމްސީލް ކުރައްވަން ފުރުސަތު ލިބުމުން މަގުމަތީގައި ގެންގުޅު ގޮތް ދޫކޮށް ރައްޔިތުންގެ އިޚްތިރާމް ލިބޭ ގޮތަކަށް އުޅެންޖެހޭކަމުގައި ކުރީގެ ނައިބް ރައީސް ޑރ.މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.
މަޖިލީހުގެ ޖަލްސާތަކުގައި އެމްޑީޕީގެ މެމްބަރުންގެ ފަރާޕްޕުޅުން ފެނިގެންދާ އަޚްލާގީ މިންގަޑާއި ޚިލާފް އަމަލުތަކަށް އިޝާރާތްކުރައްވައި ޑރ.ޖަމީލް ކުރެއްވި ޓްވީޓުގައި ވިދާޅުވީ މަޖިލިސް މެމްބަރަކަށްވުމުން މަގުމަތީގައި އުޅުނު ގޮތް ދޫކޮށްލަން ދަސްކުރަންޖެހޭކަމަށެވެ. ޖާހިލުންގެ ފަރާތުން މުޖްތަމަޢުއަށް ލިބޭ އުނދަގޫތައް ފިލުވައި، ލިބިފައިވާ ހުނަރުގެ ބޭނުން ހިއްޕަވައި ވައްކަމާއި ފޭރުމުގެ ނުރައްކަލުން ރައްޔިތުން ސަލާމަތްކުރަން ޖެހޭކަމަށެވެ.
މަޖިލިސް މެމްބަރަކަށްވުމުން މަގުމަތީގައި އުޅުނު ގޮތް ދޫކޮށްލަން ދަސްކުރަންޖެހޭ. ޖާހިލުންގެ ފަރާތުން މުޖްތަމަޢުއަށް ލިބޭ އުނދަގޫތައް ފިލުވައި، ލިބިފައިވާ ހުނަރުގެ ބޭނުން ހިއްޕަވައި ވައްކަމާއި ފޭރުމުގެ ނުރައްކަލުން ރައްޔިތުން ސަލާމަތްކުރަންޖެހޭ!ޒާތީނުވެ ސްކޯލަރުންގެ ލަފާ ހޯއްދަވާ pic.twitter.com/zQp0zhLqid
— Mohamed Jameel Ahmed (@MJameelAhmed) November 25, 2020
ޑރ.ޖަމީލް ވަނީ މި ޓުވީޓާއިއެކު ބިލެތްދޫ ދާއިރާގެ މެންބަރު އަހުމަދު ހަލީމް (ދޮންބިލަތް) ގެ ފޮޓޯއަކާއި، މަޖިލީހުގައި އެމްޑީޕީގެ މެމްބަރުން ގަޔަތް އަތްލައި ހަދާ މަންޒަރު ފެންނަ ފޮޓޯތަކެއްވެސް ހިއްސާކޮށްފައެވެ.
މަޖިލީހުގައި ފަހަކަށް އައިސް ދޮންބިލޭ ދައްކަވާ ވާހަކަތަކަށް ގިނަބައެއްގެ ފާޑުކިޔުންވަނީ އަމާޒުވެފައެވެ. އެގޮތުން ރާއްޖެއަށް ލިބުނު އެންމެ ބޮޑު ގެއްލުމަކީ 30 އަހަރުގެ ދިގު މުއްދަތަކަށް މިސްރުގައި ހުންނަ އަޒްހަރު ޔުނިވާސިޓީއިން ތައުލީމު ހާސިލް ކުރެއްވި "މުދިމަކު" ވެރިކަން ކުރެއްވުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ބިލެތްދޫ ދާއިރާގެ މެންބަރު އަހުމަދު ހަލީމް (ދޮންބިލަތް) ވިދާޅުވެ ދެއްކެވި ވާހަކަތަކަށްވެސް ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އޭނާއަށް އަމާޒުވެފައެވެ.
އަދި އޭނާ ވަނީ ދީނީ އިލްމުވެރިންގެ ޖަމްއިއްޔާ ކަމުގައިވާ ޖަމްއިއްޔަތުލް ސަލަފަށްވެސް ވަރަށްބޮޑަށް ފާޑުވިދާޅުވެފައެވެ. އޭނާ ވަނީ ސަލަފަކީ ކިޔަވައިގެން ތިބި ދީނީ އިލްމުވެރިންތިބި ތަނެއް ނޫންކަމަށް ވިދާޅުވެ، ސަލަފުގެ ބައެއް ދީނީ އިލްމު އުގެންނެވުމުގައި މަަސައްކަތް ކުރައްވާ ބޭފުޅުންނަށްވެސް ފާޑުވިދާޅުވެފައެވެ. މިމައްސަލާގައިވެސް ދޮންބިލޭއަށް ވަނީ ގިނަ ބައެއްގެ ފާޑިކިޔުން އަމާޒުވެފައެވެ.
ކޮމެންޓު ފޮނުވާ