ނ. މަނަދޫއިން ޖައިޝަންކަރަށް ހޫނު މަރުހަބާއެއް، ރަސްމީ ވާހަކަތައް މަނަދޫގައި

ނ. މަނަދޫއިން ޖައިޝަންކަރަށް ހޫނު މަރުހަބާއެއް، ރަސްމީ ވާހަކަތައް މަނަދޫގައި

Author
ހުސެއިން
18 ޖެނުއަރީ 2023 01:21
0

މިއަދު ރާއްޖެ ވަޑައިގެންފައިވާ އިންޑިއާގެ ޚާރިޖީ ވަޒީރު ޖައިޝަންކަރަށް ނ. މަނަދޫއިން ހޫނު މަރުހަބާ ކިޔައިފިއެވެ. ނ. މާފަރު އެއަރޕޯޓުން ޖައިޝަންކަރަށް މަރުހަބާ ވިދާޅުވެފައިވަނީ ރާއްޖޭގެ ފޮރިން މިނިސްޓަރ އަބުދުﷲ ޝާހިދުގެ އިތުރުން ފޮރިން މިނިސްޓްރީގެ ބައެއް އިސް ވެރިންނާއި ނ. އަތޮޅު ކައުންސިލްގެ ރައީސާއި ނ. މާފަރު ކައުންސިލްގެ މެމްބަރުންނެވެ.

ޖައި ޝަންކަރު ރާއްޖެ ވަޑައިގެންފައި މިވަނީ ދިވެހިރާއްޖެއާއި ސްރީ ލަންކާއަށް މިއަދުން ފެށިގެން ހުކުރު ދުވަހުގެ ނިޔަލަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައެވެ.

ދިވެހިރާއްޖޭގެ ފޮރިން މިނިސްޓްރީން ހާމަ ކޮށްފައިވާ ގޮތުގައި، ޖައިޝަންކަރުގެ މި ދަތުރުފުޅުގައި ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީ ކުރުމުގެ މަޝްރޫއު އިފްތިތާހު ކުރުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަންނަވާނެއެވެ.

އަދި އޭގެ އިތުރުން ޖައިޝަންކަރު ރައީސް ސާލިހުގެ އިތުރުން ފޮރިން މިނިސްޓަރ އަބުދުﷲ ޝަހިދާއިވެސް ބައްދަލު ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.

ޖައިޝަންކަރުގެ މި ދަތުރުފުޅުގައި ދެ ވަޒީރުންގެ މެދުގައި ބޭއްވޭ ރަސްމީ ވާހަކަތަކާއި އަދި ދެގައުމުގެ ދެމެދުގައި ސޮއިކުރުމަށް ހަމަޖެހިފައިވާ އެއްބަސްވުންތަކުގައި ސޮއި ކުރުމުގެ ހަފްލާތައް ބޭއްވުމަށް ހަމަޖެހިފައިވަނީ ނ. މަނަދޫގައެވެ.

މީގެ އިތުރުން ށ. ފޯކައިދޫ ކޮމިއުނިޓީ ސެންޓަރު ހުޅުވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގަތުމުގެ އިތުރުން ޖައިޝަންކަރު ހއ. އުތީމުގެ އާސާރީ ބައެއް ތަންތަނަށް ޒިޔާރަތް ކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ.

ރައީސް ސާލިހުގެ ވެރިކަމުގައި ޖައިޝަންކަރު 3 ފަހަރެއްގެ މަތިން ރާއްޖެ ވަޑައިގެންފައިވާއިރު، އެންމެ ފަހުން ރާއްޖެ ވަޑައިގެންފައިވަނީ ފާއިތުވެދިޔަ އަހަރުގެ މާރޗްމަހުއެވެ. އެފަހަރު ޖައިޝަންކަރުވަނީ އިންޑިއާގެ އެހީގައި އައްޑޫގައި ހެދި ޕޮލިސް އެކަޑަމީ ހުޅުއްވާ ދެއްވާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.