ކޯވިޑް-19ގެ ސިއްޙީ ކާރިޘާއަށްފަހު ރާއްޖޭގެ އިޤްތިޞާދު އަލުން ޢިއާދަވީގޮތަކީ ރައީސް ޞާލިޙްގެ ސަރުކާރުގެ ބޮޑު ކާމިޔާބީއެއްކަމަށް ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހީމް ޝަރީފް (މަވޯޓާ) ވިދާޅުވެއްޖެއެވެ.
ސަރުކާރާއި ރައީސް ޞާލިޙަށް ސަޕޯޓުކުރައްވައި ޢާންމުކޮށް ޓްވީޓުކުރައްވާ މަވޯޓާ ކުރެއްވި ޓްވީޓެއްގައިވަނީ ކޯވިޑާއެކު އައި އިޤްތިޞާދީ ދަތިކަމުން އަރައިގަނެވުނު ޤައުމެއް ނެތްކަމަށެވެ. އަދިވެސް ގިނަ ޤައުމުތައް އޮތީ މި ދަތިކަމުގެ ތެރޭގައި އެއިން އަރައި ނުގަނެވިކަމަށެވެ. އެހެންނަމަވެސް ރާއްޖެ ވަނީ އިޤްތިޞާދީ ދަރިކަމުން މުޅިންހެން އަރައިގަނެ ކުރިއެރުންތައް ހޯދާފައިކަމަށާ، މިއީ ރައީސް ޞާލިޙުގެ ސަރުކާރުގެ މައިގަނޑު އެންމެ ބޮޑު ކާމިޔާބީކަމަށެވެ.
No country has escaped the effects of Covid-19 n economies of almost all countries contracted n global economic recovery is still underpinned by sluggish recovery.However, 🇲🇻 recorded positive growth which is a major achievement of @ibusolih government.
— Ibrahim Shareef (@AdduShareef) January 18, 2023
ކޯވިޑްގގެ ސަބަބުން ދުނިޔޭގެ އިޤްތިޞާދު އަޑިއަޅާތިތާ 3 އަހަރު ވެގެން ހިނގައްޖެކަމަށާ، ތަރައްޤީވަމުން އަންނަ ގިނަ ޤައުމުތަކަށް ވެސް އަދިވެސް އިޤްތިޞާދު ރަނގަޅު ނުކުރެވި، ދަރަނި ޑިފޯލްޓްވުމުގެ ނުރައްކާ ކުރިމަތިވެފައިވާކަން މަވޯޓާ ފާހަގަކުރެއްވިއެވެ.
އެހެންކަމުން ރާއްޖޭގެ ރައްޔިތުންނަށް މާބޮޑު ދަތިތަކެއް ކުރިމަތިނުވެ އިޤްތިޞާދު ހަމަޔަކަށްއެޅި ރަނގަޅުވެގެން ދިއުމަކީ ސަރުކާރުން ކުރެއްވި ހަރުދަނާ މަސައްކަތްތަކާއި ރައީސް ޞާލިޙުގެ ޙިކުމަތްތެރި ސިޔާސަތުކަމަށް މަވޯޓާ ވިދާޅުވެއެވެ.