ކެމްބޯޑިއާ އާއި ރާއްޖެއާ ދެމެދު ހަ އެއްބަސްވުމުގައި ވަނީ ސޮއިކޮށްފަ

ރާއްޖެއާއި ކެމްބޯޑިއާއާއި ދެގައުމުގެ ރައްޔިތުންނަށް ވިސާ ނެތި 30 ދުވަހަށް ދަތުރު ކުރެވޭ ގޮތަށް އެއްބަސް ވެއްޖެ

ރާއްޖެއާއި ކެމްބޯޑިއާއާއި ދެގައުމުގެ ރައްޔިތުންނަށް ވިސާ ނެތި 30 ދުވަހަށް ދަތުރު ކުރެވޭ ގޮތަށް އެއްބަސް ވެއްޖެ

ގުޅުންހުރި

ރާއްޖެއާއި ކެމްބޯޑިއާއާއި ދެގައުމުގެ ރައްޔިތުންނަށް އެއްގައުމުން އަނެއް ގައުމަށް ވިސާ ނެގުމަކާ ނުލާ ދަތުރު ކުރެވޭ ގޮތަށް ދެގައުމުން އެއްބަސް ވެއްޖެއެވެ.

މިކަން އިއުލާން ކުރައްވާފައިވަނީ، ކެމްބޯޑިއާގެ ބޮޑުވަޒީރު ހުން ސެން މިހާރު ރާއްޖެއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، ދެގައުމުގެ ވެރިންގެ ފަރާތުން ޕްރެސް ސްޓޭޓްމަންޓު ދެއްވުމަށް މިއަދު ބޭއްވި ޕްރެސްގައި ވާހަކަ ދައްކަވަމުން ރައީސް ސާލިހުއެވެ.

މި ޕްރެސްގައި ވާހަކަ ދައްކަވަމުން ރައީސް ސާލިހުވަނީ، ދެގައުމުންވެސް އެއްގައިމުން އަނެއް ގައުމަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ކުރެވުނު މަޝްވަރާތަކުގައި އެއްބަސްވެފައިވާ ގިނަ ކަންކަމާއި ގުޅޭ މައުލޫމާތު ހިއްސާ ކުރައްވާފައެވެ.

ދެގައުމެއްގެ މެދުގައި އޮންނަ ގުޅުމެއްގެ އެންމެ މުހިންމު ބަޔަކީ އެދެގައުމެއްގެ ރައްޔިތުންގެ މެދުގައި ގާއިމްވެފައި އޮންނަ ބަދަހި ގުޅުން. އެހެންކަމުން، އަޅުގަޑުމެން ދެގައުމުގެ މެދުގައި ވިސާ ނެގުމަކާ ނުލާ އެއްގައުމުން އަނެއް ގައުމަށް ދަތުރު ކުރުމުގެ އެއްބަސްވުމެއްގައި ސޮއި ކުރެވުނުކަމީ އަޅުގަޑު އެކަމާމެދު ނުހަނު އުފާކުރާ ކަމެއް. މިހާރު ދިވެހިންނާއި ކެމްބޯޑިއާގެ ރައްޔިތުންނަށްވެސް ވިސާ ނެގުމަކާ ނުލާ 30 ދުވަހުގެ މުއްދަތަށް ދެގައުމުގެ ދެމެދުގައި ދަތުރު ކުރެވޭ.

ދެގައުމުގެ މެދުގައި ވިސާ މާފްކުރުމަށް އެއްބަސް ވެފައިވާކަން ހާމަކުރައްވަމުން ރައީސް ސާލިހު ވިދާޅުވިއެވެ.

ކެމްބޯޑިއާގެ ބޮޑުވަޒީރު ރާއްޖެއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދުވަނީ ދެ ޤައުމުގެ ދެމެދު ރަސްމީ ވާހަކަފުޅުތައް ބާއްވާފައެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ހެނދުނު ބޭއްވެވި މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާއާ ކެމްބޯޑިއާގެ ބޮޑުވަޒީރުގެ އަރިހުގައި ކެމްބޯޑިއާ އާއި ދިވެހިރާއްޖޭގެ މަތީފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގެންނެވިއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ކެމްބޯޑިއާގެ ބޮޑުވަޒީރު ވަނީ ދެޤައުމުގެ ދެމެދުގައި އޮތް ގާތް ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވައި މި ދަތުރުފުޅުގެ ސަބަބުން ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިވެގެން ގޮސްފައިވާކަން ފާހަގަކުރައްވާފައެވެ. ހަމަ އެއާއެކު މި ދަތުރުފުޅާއެކު ދެ ޤައުމުގެ ގުޅުމުގެ މުޅިން އައު ޞަފްހާއެއް ފެށިފައިވާކަމަށާއި ކުރިއަށް އޮތް އަހަރުތަކުގައި މިގުޅުން އިތުރަށް ކުރިއަރައިދިއުމަށް މަގުފަހިވެގެންދާނެކަމުގައި ދެ ބޭފުޅުންގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. މީގެ އިތުރުން ދެޤައުމުން އިސްކަންދޭ މުހިންމު އެކި ދާއިރާތަކުން ކުރިމަގުގައި ގުޅުންބަދަހި ކުރެއްވުމާ ގުޅޭގޮތުން ވެސް ދެ ބޭފުޅުން ވާހަކަފުޅު ދެއްކެވިއެވެ.

މިގޮތުން ދެޤައުމުން އިސްކަންދޭ ކަންކަމުގައާއި ސަރަޙައްދީ އަދި ބައިނަލްއަޤްވާމީ ކަންކަމުގައި ގުޅިގެން މަސައްކަތްކުރުމާބެހޭގޮތުން މަޝްވަރާކުރައްވާފައިވެއެވެ. ތަޢުލީމާއި އިންސާނީ ވަސީލަތް ތަރައްޤީކުރުމާއި ފަތުރުވެރިކަމުގެ ދާއިރާއިން އެއްބާރުލުން ދިނުމާއި އިޤްތިޞާދީ އަދި ވިޔަފާރީގެ ދާއިރާއިން ގުޅުން ބަދަހިކުރުމާއި ވައިގެ ދަތުރުފަތުރުގެ ގުޅުން އިތުރުކުރުމާ ބެހޭގޮތުން ދެބޭފުޅުން މަޝްވަރާކުރެއްވިއެވެ. ހަމައެހެންމެ، ޞިއްޙީ ދާއިރާއާއި، މަސްވެރިކަމާއި، ދަނޑުވެރިކަމާއި، ތިމާވެށްޓާއި، މޫސުމަށް އަންނަ ބަދަލުތަކުގެ ދާއިރާއިން އެއްބާރުލުން ދިނުމާ ބެހޭގޮތުންނާއި އަދި ސަލާމަތީ ދާއިރާތަކާއި ޓެރަރިޒަމާ ދެކޮޅަށް މަސައްކަތް ކުރުމާގުޅޭގޮތުން ދެބޭފުޅުން މަޝްވަރާކުރެއްވިއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ