ކެމްބޯޑިއާގެ ބޮޑުވަޒީރު, އެމަނިކްފާނު ހުންނެވި ވޯޓަރ ވިލާގެ ސަން ބެޑްގައި އަރާމު ކުރައްވަނީ

ރާއްޖޭގެ މާހައުލުގެ ހިތްފަސޭހަކަން ކެމްބޯޑިއާގެ ބޮޑުވަޒީރު ހިއްސާ ކުރެއްވީ ފޭސްބުކްގައި

ރާއްޖޭގެ މާހައުލުގެ ހިތްފަސޭހަކަން ކެމްބޯޑިއާގެ ބޮޑުވަޒީރު ހިއްސާ ކުރެއްވީ ފޭސްބުކްގައި

ގުޅުންހުރި

މިހާރު ރާއްޖެ ވަޑައިގެން އުޅުއްވާ ކެމްބޯޑިއާގެ ބޮޑުވަޒީރު ހުން ސެން، ރާއްޖޭގެ ރިސޯޓެއްގައި އެމަނިކްފާނު ހުންނެވި ހިތްފަސޭހަ މާހައުލުގެ މަންޒަރުތައް އަމިއްލަފުޅު ފޭސްބުކުގައި ޝާއިއު ކޮށްފިއެވެ.

އިއްޔެގެ ވަގުތެއްގައި ރާއްޖެ ވަޑައިގެންނެވި ބޮޑުވަޒީރު ހުން ސެން، މިއަދު ރަސްމީކޮށް މާލެއިން އެމަނިކްފާނަށް މަރުހަބާ ވިދާޅުވަންދެން ވަގުތު ހޭދަ ކުރައްވާފައިވަނީ މާލޭ ކައިރި ރިސޯޓެއްގައެވެ.

މި ރިސޯޓުގައި ހުންނެވި ދުވަހު، ނެންގެވި ބައެއް ފޮޓޯތައް ކެމްބޯޑިއާގެ ބޮޑުވަޒީރު، 12 މިލިއަން ފޮލޯވަރުން ތިބޭ، އެމަނިކްފާނުގެ ރަސްމީ ފޭސްބުކްގައި ޝެއަރ ކުރެއްވީ އިއްޔެގެ ވަގުތެއްގައެވެ. އޭގެ ތެރޭގައި ހިމެނެނީ ބޮޑުވަޒީރު ހުން ސެން ހުންނެވި ރިސޯޓުގެ ވޯޓަރ ވިލާގެ ސަން ބެޑްގައި އަރާމު ކުރައްވަން އޮންނަވަނިކޮށް ނަގާފައިވާ ފޮޓޯއަކާއި، އެ ވިލާގެ އިންފިނިޓީ ޕޫލް ކައިރީ ހުންނަވާ ނަގާފައިވާ ފޮޓޯއެއްގެ އިތުރުން ވޯޓަރ ވިލާގެ ކައިރިން މޫދުގައި ފަތަމުން ދަނިކޮށް ނަގާފައިވާ ފޮޓޯއެކެވެ.

ބޮޑުވަޒީރު ހުން ސެން ވޯޓަރ ވިލާގެ އިންފިނިޓީ ޕޫލް ކައިރީ ހުންނަވަނިކޮށް ނަގާފައިވާ ފޮޓޯއެއް

އޭގެ އިތުރުންވެސް ބޮޑުވަޒީރު ހުން ސެން ވަނީ، ޕޫލުން އެރުމަށްފަހު، ތުވާޔެއް ގައިގައި އޮޅުއްވާލައިގެން ސަން ބެޑްގައި އިންނަވަނިކޮށް ނަގާފައިވާ ފޮޓޯއެއްވެސް ފޭސްބުކުގައި ޝެއަރ ކޮށްފައެވެ.

ބޮޑުވަޒީރު ފޭސްބުކްގައި ޝެއަރކޮށްފައިވާ ފޮޓޯތަކުން ފެންނަ ގޮތުގައި، ރާއްޖޭގެ ރިސޯޓުގެ ހިންފަސޭހަ މާހައުލާއި އަދި ވަށައިގެންވާ ހަމަހިމޭންކަމުން ބޮޑުވަޒީރު ހުންނެވީ ވަރަށްވެސް ހިތްޕުޅު ހަމެޖެހިވަޑައިގެންނެވެ.

އަދި އެއް ފޮޓޯއެއްގައި ފެންނަން ހުރި ގޮތުގައި، ބޮޑުވަޒީރު ހުން ސެން ހުންނެވީ ވަށައިގެންވާ މޫދާއި އަދި ދުރުން ފެންނާން ހުރި ރީރި މަންޒަރުތަަކަށް ބައްލަވާށެވެ.

ކެމްބޯޑިއާގެ ބޮޑުވަޒީރު އެމަނިކްފާނުގެ ފޭސްބުކްގައި ޝެއަރ ކުރެއްވި ފޮޓޯތަކަށް ގިނަ ބައެއްގެ ސަމާލުކަން ލިބިފައި ވެއެވެ. މިގޮތުން މި ފޮޓޯތަކަށް 158،000 މީހުން ރިއެކްޓް ކޮށްފައިވާއިރު، 6،200 މީހަކު މި ފޮޓޯތައް ޝެއަރ ކޮށްފައިވެސް ވެއެވެ. އަދި 16،000 ކޮމެންޓް ފޮޓޯތަކަށް ލިބިފައިވާއިރު، ގިނަ މީހުން ކޮމެންޓް ކޮށްފައި ހުރީ ކެމްބޯޑިއާގެ ރަސްމީ ބަސް ކަމަށްވާ ޚްމަރު ބަހުންނެވެ.

ބޮޑުވަޒީރު ވޯޓަރ ވިލާގެ ކައިރީ އޮތް މޫދަށް އެރިވަޑައިގެން

ކެމްބޯޑިއާގެ ބޮޑުވަޒީރުގެ ފޭސްބުކްގައި ކޮމެންޓް ކޮށްފައިވާ ގިނަ މީހުންވަނީ ބޮޑުވަޒީރަށް އަރާމު ކުރެއްވުމަށް ވަގުތުކޮޅެއް ލިބުނީތީ އުފާކުރާކަމަށް ބުނެފައެވެ.

އަދި ބޮޑުވަޒީރު ހުން ސެން ވަނީ، ފޮޓޯތަކުގެ ކޮމެންޓް ކުރާބައިގައި ރާއްޖޭގެ ރީތިކަމާއި ބެހޭގޮތުން ވަރަށް ގިނަ މީހުން ދައްކާފައިވާ ވާހަކަތަކަށް ޖަވާބުވެސް ދެއްވާފައެވެ. އޭގެ އިތުރުން ދެގައުމުގެ ވަގުތުގެ ތަފާތާއި ގުޅޭގޮތުން ބައެއް މީހުން ކޮށްފައިވާ ކޮމެންޓް ތަކަށްވެސް ބޮޑުވަޒީރު ޖަވާބު ދެއްވާފައި ވެއެވެ.

އަދި ބައެއް މީހުންގެ ކޮމެންޓްތަކުގެ އެނގޭ ގޮތުގައި ކެމްބޯޑިއާގެ މީހުންގެ މެދުގައިވެސް ރާއްޖެއަކީ މަޝްހޫރު މަންޒިލެކެވެ. ކޮމެންޓް ކޮށްފައިވާ ބައެއް މީހުންވަނީ ބޮޑުވަޒީރު ހުން ސެން ހުންނެވި ރިސޯޓުގެ ރީތި ކަމުން އާޝޯޚު ވާކަމަށްވެސް ބުނެފައެވެ.

ބޮޑުވަޒީރު ސަން ބެޑްގައި އިށީދެ ވަޑައިގެން

ކެމްބޯޑިއާގެ ބޮޑުވަޒީރު މިމަހުގެ 17 ދުވަހާއި ހަމައަށް ރާއްޖޭގައި ހުންނަވާނެއެވެ. ބޮޑުވަޒީރުގެ މި ދަތުރުފުޅުގައި ރާއްޖެއާއި ކެމްބޯޑިއާއާއި ދެގައުމުގެ ދެމެދުގައި ގުޅުން އިތުރަށް ކުރިއަރުވާ އަދި އެއްގައުމު އަނެއްގައުމަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ވަނީ 6 އެއްބަސްވުމެއްގައި މިއަދު ސޮއި ކޮށްފައެވެ.

މިއީ ކެމްބޯޑިއާގެ ބޮޑުވަޒީރު ރާއްޖެއަށް ކުރައްވާ މިފަދަ ފުރަތަމަ ދަތުރުފުޅެވެ. ރާއްޖެއާއި ކެމްބޯޑިއާއާ ދެމެދު ސިޔާސީ ގުޅުން ގާއިމް ކުރެވުނީ 1995 ވަނަ އަހަރުގެ ސެޕްޓެމްބަރުމަހުގެ 21 ވަނަ ދުވަހުއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ