މިހާރު ކުރިޔަށްދާ އެމްޑީޕީގެ ރިޔާސީ ޕްރިމަރީގެ ކެމްޕޭންގައި، ރައީސް ސާލިހު އައްޑުއަތޮޅު ހިތަދޫގެ އެމްޑީޕީގެ މެމްބަރުންގެ ގޭގެއަށް ޒިޔާރަތް ކޮށްފިއެވެ.
މިއީ މިމަހުގެ 28 ވަނަ ދުވަހު އޮންނަ ރިޔާސީ ޕްރައިމަރީގެ ކެމްޕޭންގައި ރައީސް ސާލިހު އައްޑުއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ. މި ދަތުރުފުޅުގައި ރައީސް އެންމެ ފުރަތަމަ އިއްޔެ ވަޑައިގަތީ ވަޑައިގަތީ އައްޑޫ އަތޮޅު ފޭދޫއަށެވެ. ފޭދޫއިން ގިނަ އަދަދެއްގެ ބަޔަކު ރައީސަށް މަރުހަބާ ދައްނަވާފައި ވާއިރު، ރައީސާއެކު ރައްޔިތުންގެ މަޖިލިހުގެ ބައެއް މެމްބަރުންގެ އިތުރުގެ ވަޒީރުންގެ ކެބިނެޓްގެ ބައެއް ބޭފުޅުންވެސް އައްޑޫ ސިޓީއަށް ވަޑައިގެންފައިވެއެވެ. އަދި އިއްޔެ ހަވީރު ރައީސް ސާލިހުވަނީ ފޭދޫގައި ކެމްޕޭން ބައްދަލުވުމެއް ބާއްވާފައެވެ.
އެއަށްފަހު ރައީސް ސާލިހުވަނީ ފޭދޫ ސްކޫލްގެ 50 ވަނަ އަހަރީ ދުވަހުގެ ރަސްމިއްޔާތު ރޭ ޝަރަފްވެރި ކޮށްދެއްވާފައެވެ.
މިއަދު އައްޑޫ ސިޓީގެ ހިތަދޫގެ ގޭގެއަށް ޒިޔާރަތް ކުރެއްވުމުގެ އިތުރުން ރައީސްވަނީ އައްޑޫ ހިތަދޫ އެކި ދާއިރާތަކުގެ ކެމްޕޭން ޓީމްތަކާވެސް ބައްދަލު ކުރައްވާފައެވެ.
މިދަތުރުފުޅުގައި ފުލުހުންގެ އެކަޑަމީ ނުވަތަ ނެޝަނަލް ކޮލެޖް އޮފް ޕޮލިސިން އެންޑު ލޯ އެންފޯސްމަންޓުގެ 34 ވަނަ ޕޮލިސް އިނިޝިއަލް ޓްރެއިނިން ކޯހުގެ ދަސްވެނިމުގެ ރަސްމިއްޔާތުގައި ވެސް ރައީސް ބައިވެރިވެ ވަޑައިގަންނަވާނެއެވެ.
ރައީސް ސާލިހު މިހާރު އަައްޑޫ ސިޓީއަށް ވަޑައިގެންފައިވާއިރު އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދު ހައްދުންމައްޗަށް ދަތުރު ކުރައްވަމުންނެވެ.
ރައީސްގެ އައްޑޫ ދަތުރުފުޅު ނިންމަވާލެއްވުމަށް ހަމަޖެހިފައިވަނީ ޖެނުއަރީމަހުގެ 15 ވަނަ ދުވަހުއެވެ.