ބޭންކަށް 40 އަހަރު: ބޭންކު އުފެއްދުމުގައި އެންމެ އިސްދައުރެއް އަދާކުރެއްވި ޙިދުމަތްތެރިންގެ އަގު ވަޒަން ކޮށްފި

ބޭންކަށް 40 އަހަރު: ބޭންކު އުފެއްދުމުގައި އެންމެ އިސްދައުރެއް އަދާކުރެއްވި ޙިދުމަތްތެރިންގެ އަގު ވަޒަން ކޮށްފި

ބޭންކް އޮފް މޯލްޑިވްސް އުފެއްދެވުމުގައި އެންމެ އިސްދައުރެއް އަދާކުރެއްވި ކުރީގެ ރައީސް މަޢުމޫން އަބްދުލްޤައްޔޫމް އާއި އަލްމަރްޙޫމް އިސްމާޢިލް ފަތުޙީ އަދާކޮށްދެއްވި އަގުހުރި މަސައްކަތްތައް ފާހަގަކޮށް އެފަރާތްތަކަށް ޝަރަފުވެރި އެވޯޑެއް ބޭންކުން އަރުވައިފިއެވެ.

ބޭންކުގެ 40 ވަނަ އަހަރީ ދުވަސް ފާހަގަ ކުރުމަށް ރޭ ކްރޮސްރޯޑްސް މޯލްޑިވްސްގައި ބޭއްވުނު ހަފްލާއެއްގައި މި އެވޯޑްތައް އެފަރާތްތަކާއި ހަވާލުކޮށްދެއްވާފައިވަނީ ރައީސުލް ޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިޙްއެވެ.

ރޭގެ ހަފްލާގައި ބޭންކު އޮފް މޯލްޑިވްސްއިން ހާމަ ކޮށްފައިވާ ގޮތުގައި ދިވެހި ސަރުކާރުގެ 60 އިންސައްތަ ހިއްސާ ހިމެނޭހެން ބަންގްލަދޭޝްގެ އިންޓަރނޭޝަނަލް ފައިނޭންސް އިންވެސްޓްމަންޓް ކޮންޕެނީއާއެކު ބޭންކް ޮފް މޯލްޑިވްސް އުފައްދަވައި، ބޭންކުގެ ކޮމާޝަލް އޮޕަރޭޝަންތައް ފައްޓަވާދެއްވުމުގެ ބިންގާ އަޅުއްވައިދެއްވި، ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމް އާއި އަލްމަރްޙޫމް އިސްމާޢިލް ފަތުޙީ ވަނީ އެ ބޭންކަށް ގިނަގުނަ މަސައްކަތްތަކެއް ކޮށްދެއްވާފައެވެ. އަދި ބޭންކުން ހާމަ ކޮށްފައިވާ ގޮތުގައި މި ދެބޭފުޅުންނަކީވެސް ރާއްޖޭގައި ބޭންކިންގ ހިދުމަތް ކުރިއަރުވައި ތަރައްގީކުރުމުގެ ދެ މޭސްތިރިންނެވެ.

މީގެ އިތުރުން ބޭންކަށް 40 އަހަރުގެ ދިގު މުއްދަތަކަށް ހިދުމަތްކުރައްވަމުން ގެންދަވާ މުވައްޒަފުންކަމަށްވާ ޢާއިޝަތު ނޫރައްދީން، ފާތިމަތު މަނިކެ އަދި މުސާ މުޙައްމަދުގެ ޚިދުމަތުގެ އަގުވަޒަންކޮށް ރޭގެ ހަފްލާގައި ވަނީ އެބޭފުޅުންނާއިވެސް އެވޯޑް ހަވާލުކޮށްދީފައެވެ.

ބޭންކް އޮފް މޯލްޑިވްސްއަކީ މިއަދު ރާއްޖޭގައި އެންމެ ބޮޑު ބޭންކިންގ ވިއުގައާއެކު ހިދުމަތް ދެމުންދާ ބޭންކުގެ އިތުރުން ދިވެހިންނަށް އެންމެ ގިނަ ވަޒީފާގެ ފުރުސަތުދީފައިވާ އެއް ކުންފުންޏެވެ. ބޭންކުގައި މަސައްކަތް ކުރާ 99 އިންސައްތަ މުވައްޒަފުންނަކީ ފަޚްރުވެރި ދިވެހިންނެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *