މާލެއިން މީހަކު ގެއްލިގެން ފުލުހުންނަށް ރިޕޯޓްކުރުމާ ގުޅިގެން އެމީހާ ހޯދުމުގެ މަސައްކަތް މަށާފައިވާކަމަސް ފުލުހުން ވިދާޅުވެއްޖެއެވެ. ފުލުހުން ހާމަ ކޮށްފައިވާ ގޮތުގައި ގެއްލިގެން ހޯދަމުންދަނީ ދ. މާއެނބޫދޫ / ފަރިމާވިލާ، ޙަސަން ރަމީޒް (34އ) އެވެ.
ފުލުހުން އިތުރަށް ހާމަ ކޮށްފައިވާ ގޮތުގައި 2023 ޖަނަވަރީ 6 ވަނަ ދުވަހުން ފެށިގެން ޙަސަން ރަމީޒްގެ ޚަބަރެއް ނުވެގެން އާއިލާއިން ފުލުހުންނަށް މައްސަލަ ހުށަހަޅާފައިވަނީ ޖަނަވަރީ 10 ވަނަ ދުވަހުއެވެ.
ޙަސަން ރަމީޒް ހޯދުމަށްޓަކައި މިހާތަނަށް ފުލުހުން ކުރި މަސައްކަތުން ފެނިފައިނުވާތީ، ޙަސަން ރަމީޒްއާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ފުލުހުންގެ ހޮޓްލައިން ނަންބަރު 3322111 އަށް ނުވަތަ ދ. ކުޑަހުވަދޫ ޕޮލިސް ސްޓޭޝަންގެ ނަންބަރު 9792052 އަށް ގުޅުއްވައި ހިއްސާކުރެއްވުން އެދެމެވެ.
ފުލުހުން އާންމު ކޮށްފައިވާ ބަޔާނުގައި ވިދާޅުވެފައި ވެއެވެ.
ފުލުހުންވަނީ، މިފަދަ ކަންކަމުގައި އާންމު ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުމާއި އެހީތެރިކަން ޝުކުރު އަދާކޮށްފައެވެ.
ކޮމެންޓު ފޮނުވާ