ހުޅުމާލެ ދާއިރާގައި ރައީސް ގޭގެއަށް ޒިޔާރަތް ކޮށްފި

ހުޅުމާލެ ދާއިރާގައި ރައީސް ގޭގެއަށް ޒިޔާރަތް ކޮށްފި

މިހާރު ކުރިޔަށްދާ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕޭންގައި ރައީސް އިބުރާހިމް މުހައްމަދު ސާލިހު، ހުޅުމާލެ ދާއިރާ އެމްޑީޕީގެ މެމްބަރުންގެ ގޭގެއަށް ޒިޔާރަތް ކުރައްވައިފިއެވެ.

މިއަދު ހަވީރު ރައީސް ސާލިހު ހުޅުމާލެ ދާއިރާގައި ދޮރުން ދޮރަށް ހިންގަވާ އެދާއިރާގެ އެމްޑީޕީގެ މެމްބަރުންނާއި ބައްދަލު ކޮށްފައިވާއިރު، ރޭ ރައީސް ސާލިހު ވަނީ އެމްޑީޕީގެ މާލޭ ދާއިރާގެ މެމްބަރުންނާއި އަދި އޭގެ އިތުރުން ކެމްޕޭން ޓީމުތަކާއި ދަރުބާރު ގޭގައި ބައްދަލު ކުރައްވާފައެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ "އެމްޑީޕީ ކުރިޔަށް" ކެމްޕޭން ޓީމުގެ ފަރާތުން މިއަދު ހުޅުމާލޭގައި ބޭއްވި ކެމްޕޭން އިވެންޓުގައި ޕާޓީގެ ބައެއް މަޖިލިސް މެމްބަރުންގެ އިތުރުން ރައީސް ސާލިހުގެ ކެބިނެޓްގެ ބައެއް ވަޒީރުންވެސް ބައިވެރިވެ ވަޑައިގެންފައި ވެއެވެ.

ރައީސް ސާލިހު ރޭ އެޕާޓީގެ މާލޭ ދާއިރާގެ މެމްބަރުންނާއި އަދި އޭގެ އިތުރުން ކެމްޕޭން ޓީމުތަކާއި ބައްދަލުކުރުމަށް ދަރުބާރުގޭގައި އޮތް ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ވިދާޅުވީ މިސަރުކާރުން އަޅާންފެށި ފްލެޓްތައް ނިންމާ އެ ފްލެޓްތަކަށް މިއަހަރު މެދެއްހާ ހިސާބުގަ ބޯހިޔާވަހިކަމަށް ބޭނުންވެފައިވާ ރައްޔިތުންނަށް ވަދެވޭނެ ކަމަށެވެ.

މި ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ، ފްލެޓްގެ ވާހަވެސް، އަދި ގޯތީގެ ވާހަކަވެސް އެހެން ބޭފުޅަކު ދައްކަވާނެކަމެއް ނެތްކަމަށާއި، މިއީ މިކަން އޮތް ގޮތް ކަމުގައެވެ.

މި ބައްދަލުވުމުގައި އިތުރަށް ވާހަކަ ދައްވަމުން ރައީސް ސާލިހު ވިދާޅުވީ މާލޭ ސަރަހަައްދުގައި މިހާރުވެސް 16،000 އަށް ވުރެ ގިނަ ފްލެޓާއި ގޯއްޗާއި ރޯހައުސް ދިނުމުގެ މަޝްރޫއުތައް ކުރިއަށްދާ ކަމަށާއި މި ސަރުކާރުން ގޯއްޗާއި ފްލެޓު ދޭނީ އެއްވެސް ރައްޔިތަކު ބާކީ ނުކޮށް ކަމަށެވެ.

ރައީސް ވިދާޅުވީ މީގެ ކުރިން އެއްވެސް ސަރުކާރަކުން ނުހިންގާވަރުގެ ބޯހިޔާވަހިކަމުގެ މަޝްރޫއެއް މިސަރުކާރުން ކުރިޔަށް ގެންދަވާ ކަމަށާއި، މާލެއަށް އެކަނި ޚާއްސަ ކޮށްގެންވެސް 7،000 އަށްވުރެ ގިނަ ފްލެޓާއި 5،000 ގޯތި ދިނުމުގެ މަޝްރޫޢު މިހާރުވެސް ކުރިޔަަށް ދާކަމަށެވެ.

ހިޔާލުފާޅު ކުރައްވާ!

One Response

  1. ރައިސްސޯލިހުސަރުކާރުހުރިހާމިނިސްޓަރުއްނާއިއިސްމުއައްޒިފުގޮވާގެއްރަތްޔިތުއްގެފާސާނުހަމަ
    ގޮތުގެބޭނުއްހިތްޕަވާގެއް).މިގައުމުގެރަތްޔިތުލޯބިވާރައިސްޔާމީނައްނުހައްގުހުކުމެއްއިއްވުމައްޓަކާ
    ހުކުއްއިއްވިފަޑިޔާރަތްއެތައްމިލިއައްރުފިޔާއަކާދިހަބުރީގެޑިޕާޓުމެއްޓަކާމުޅިއާއިލާއައްސަރުކާރުއް
    އިސމަގާމުތައްދެއްވާފަމިކަލޭގެމިއުޅުނީރަތްޔިތުއްގެފިކުރާކުޅެއް)ރަތްޔިތުއްނޭހޭއަރާތި
    ރައިސްސޯލިހުއަކީދެވަނަފިރުއައުނު

Leave a Reply

Your email address will not be published. Required fields are marked *