ރާއްޖޭގެ ޑޮމެސްޓިކް އެއަރޕޯޓުތައް އިންޓަރނޭޝަނަލް އެއަރޕޯޓުތަކަށް ބަދަލުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ކައްދޫ އެއަރޕޯޓު އިންޓަރނޭޝަނަލް އެއަރޕޯޓަކަށް ބަދަލުކުރުމަށް ފައިނޭންސް ހޯދަން ސަރުކާރުން ހުޅުވާލައިފިއެވެ.
ހައްދުންމަތީ ކައްދޫގެ އެއަރޕޯޓު ތަރައްގީ ކުރުމަށް ފައިނޭންސް ހޯދުމަށް ހަމަޖެހިފައިވަނި ކްރޮސް ސަބްސިޑީގެ އުސޫލުންނެވެ. މިމަސައްކަތަށް ފައިސާ ހޯދުމަށް ހިންގާ މަޝްރޫއެއްގެ ގޮތުން، މިކަން އިއުލާން ކުރެއްވުމަށް ރައީސުލްޖުމުހޫރިއްޔާ އިބުރާހިމް މުހައްމަދު ސާލިހު ނެރުއްވި ގަރާރުގައި ވާގޮތުން މި މަޝްރޫއަށް ފައިނޭންސްކުރަންޖޭހޭ އެންމެ ދަށް އަދަދެއްގެ ގޮތުގައި ކަނޑައަޅުއްވާގައިވަނީ 5 މިލިއަން ޑޮލަރު، ނުވަތަ 77 މިލިއަން ރުފިޔާއެވެ.
ލ. ކައްދޫ އެއަރޕޯޓު އިންޓަރނޭޝަނަލް ފެންވަރަށް ތަރައްގީ ކުރުމަކީ ރައީސް ސާލިހުގެ ރިޔާސީ ވައުދެކެވެ. މިގޮތުން ސަރުކާރުން ހާމަ ކޮށްފައިވާ ގޮތުގައި ލ. އަތޮޅަކީ އިގްތިސާދީގޮތުން މުހިންމު މަންޒިލެއްގެ ގޮތުގައި ތަރައްގީ ކުރުމަށް ކުރާންޖެހޭ މަސައްކަތުގެ ތެރޭގައި ހިމެނޭ އެންމެ މުހިންމު އެއްބަޔަކީ އެއަތޮޅު ކައްދޫ އެއަރޕޯޓު ބައިނަލްއަގުވާމީ ފެންވަރަށް ތަރައްގީ ކުރުމެވެ.
މިމަސައްކަތަކީ ޚާއްސަ މަޝްރޫއެއްގެ ގޮތުގައި އެކުލަވާލައްވާ، ރައީސުލްޖުމުހޫރިއްޔާ ނެރުއްވި ގަރާރުގައި ވާގޮތުން، ރާއްޖޭގައި 6 ސަރަހައްދެއްގައި ކުރިޔަށް ގެންދާ އެއަރޕޯޓު މަޝްރޫއުތަކަށް ޚަރަދު ކުރާންޖެހޭ އެންމެ ދަށް މިންވަރަކީ 3 މިލިއަން ޑޮލަރެވެ. އޭގެ އިތުރުން ގިރާވަރު ފަޅު ހިއްކާ އެތަނުގައި ރެސިޑެންޝަން ސިޓިއެއް ގާއިމްކުރުމަށް ފައިނޭންސް ހޯދުމަށްވެސް ވަނީ އިއުލާން ކޮށްފައެވެ. މި މަސައްކަތަށް ޚަރަދު ކުރާންޖެހޭ އެންމެ ދަށް މިންވަރެއްކަމުގައި ކަޑައަޅުއްވާފައިވަނީ 5 މިލިއަން ޑޮލަރެވެ.
2 Responses
އިންޑިއާ އޮތީ ލޯނުދޭން ތައްޔާރަށޭ އެކަމަކު ގައުމުގެ އިއްފަތްތެރިކަން ބަތަލެއްގެ ގޮތުގައި ދިނީމަ
މޮޅު ޚަބަރެއް. އިންޑިއަން އާމީގެ މަތިންދާބޯޓުތަކަށް ރެޑީ ކުރާތަނެއް.