ސަރުކާރާއި އެޗްޑީސީއާއި ގުޅިގެން އަލިފާނުގެ ހާދިސާގައި ހާލުގައި ޖެހުނު ފަރާތްތަކަށް ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދީފި

ސަރުކާރާއި އެޗްޑީސީއާއި ގުޅިގެން އަލިފާނުގެ ހާދިސާގައި ހާލުގައި ޖެހުނު ފަރާތްތަކަށް ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދީފި

Author
ހުސެއިން
10 ޖެނުއަރީ 2023 07:12
0

މާލޭގެ ނީލަން ފިހާރައިގައި އިއްޔެ ހެނދުނު ހިނގި އަލިފާނުގެ ހާދިސާގައި މާލެ ސިޓީ ކައުންސިލްގެ ބިދޭސީ މުވައްޒަފުންގެ އެކޮމޮޑޭޝަން ބްލޮކް އަނދައި ހުލިވެ ހާލުގައި ޖެހުނު ބިދޭސީންނަށް ވަގުތީ ބޯހިޔާވަހިކަން ސަރުކާރާއި ގުޅިގެން އެޗްޑީސީގެ ފަރާތުން ހުޅުމާލެގައި ފޯރުކޮށް ދީފިއެވެ.

މިގޮތުން، އެޗްޑީސީން އެކޮމޮޑޭޝަންގެ ގޮތުގައި ހަމަޖައްސައިދީފައިވަނީ ހުޅުމާލެގައި ކުރިން ބޭނުންކުރަމުން އައި ކޮވިޑް ފެސިލިޓީގައެވެ. މިތަނުގައި މިހާތަނަށް 160 ހާމީހުންނަށް ވަގުތީ ބޯހިޔާވަހިކަން ވަނީ ފޯރުކޮށްދެވިފައިވާކަމަށް އެޗްޑީސީން މައުލޫމާތު ދީފައި ވެއެވެ. މި އެކޮމޮޑޭޝަން ބްލޮކްތަކަކީ މިތަނުގައި ފާހަނާކޮށް ފެންވެރޭނެ އިންތިޒާމްތައްވެސް ހަމަޖެހިފައިވާގޮތަށް ބިނާ ކުރެވިފައިވާ ތަންތަނެވެ.

ނީލަން ފިހާރައިގައި، އިއްޔެ ހެނދުނު ރޯވި އަލިފާނުގެ ހާދިސާއާ ގުޅިގެން މާލެ ސިޓީ ކައުންސިލުގެ 166 ބިދޭސީ މުވައްޒަފުން ވަގުތީ ބޯހިޔާވެއްސަކަށް ބަދަލު ކުރަން ޖެހިފައިވެއެވެ.

މި ހާދިސާގައި ނީލަން ފިހާރައާ ޖެހިގެން ހުރި މާލޭ ސިޓީ ކައުންސިލް މުވައްޒަފުންގެ އެކޮމަޑޭޝަން ބްލޮކްތައް ވެސް އެއްކޮށް ވަނީ އަނދައި ހުލިވެފައެވެ. އެ ތަނުގައި ދިރިއުޅެމުން އައީ ސިޓީ ކައުންސިލުން ބުނިގޮތުގައި ބަންގްލަދޭޝްގެ 165 މީހަކާއި އިންޑިއާގެ އެކެކެވެ.

އަލިފާނުގެ ހާދިސާގެ ސަބަބުން ވަގުތީ ބޯހިޔާވަހިކަން ދޭން ޖެހުނު މުވައްޒަފުން އެއްމެ ފުރަތަމަ ބޭތިއްބުނީ އިމާދުއްދީން ސްކޫލްގައެވެ. އަލިފާނުގެ ހާދިސާގެ ސަބަބުން، ދުމުގެ އަަސަރު ހުރުމުން، އެ ސްކޫލްގެ ހެނދުނު ދަންފަޅީގައި ކިޔެވުން އިއްޔެ ބޭއްވިފައެއް ނުވެއެވެ.

މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު އިއްޔެ ވިދާޅުވީ އެ މުވައްޒަފުންނަށް ވަގުތީ ހިޔާވަހިކަން ހޯދައިދިނުމަށް މަސައްކަތް ކުރަމުން ދިޔަނަމަވެސް އިއްޔެއާއި ހަމައަށް އެމުވައްޒަފުންނަށް ގޮތެއް ހޯދާ ދެވިފައި ނުވާކަމުގައެވެ. މިހާ ގިނަ އަދަދެއްގެ މުވައްޒިފުންނަށް ކުއްލިއަކަށް ބޯހިޔާވަހިކަން ހަމަޖައްސަ ޖެހުމުން ކަންބޮޑުވުން އެބަހުރި ކަމަށާއި، ކަމާއި ބެހޭ ފަރާތްތަކާއި ވާހަކަ ދައްކައިގެން ހައްލެއް ހޯދުމަށް މަސައްކަތް ކުރަމުންދާކަމަށް އިއްޔެ މޭޔަރު ވިދާޅުވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ހ ހާސްފައި
ީތ މާލެ ސިޓި ގެމުވައްޒިފުން އެހެންވީމާ ޒިއްމާ ނަގަންޖެހޭނީ މާލެ ސިޓިގެ މޭޔަރު އެހުރީ އެކަމުން ރެކި ސަރުކާރު ބޮލައްޖަހާފައި