ރައީސް ސާލިހު ޕްރައިމަރީ ކެމްޕޭންގައި ޅ. އަތޮޅުގައި

ރައީސް ސާލިހު ޕްރައިމަރީ ކެމްޕޭންގައި ޅ. އަތޮޅުގައި

މިމަހު 28 ގައި ބޭއްވުމަށް ހަމަޖެހިފައިވާ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕޭނަށް ނ. އަތޮޅަށް ވަޑައިގަތުމަށްފަހު، މިއަދު ރައީސް ސާލިހު ޅ. ޅ އަތުޅުގެ ބައެއް ރަށްތަކަށް ކެމްޕޭން ދަތުރުތައް ފައްޓަވައިވިއެވެ.

މިގޮތުން ރޭ ނ. ވެލިދޫގައި ބޭއްވި ޖަލްސާއަށްފަހު މިއަދު ރައީސް ސާލިހު އެންމެ ފުރަތަމަ ވަޑައިގެންފައިވަނީ ޅ. ކުރެންދޫއަށެވެ. ޅ. ކުރެންދީން ރައީސް ސާލިހަށް ހޫނު މަރުހަބާއެއް ކިޔާފައި ވެއެވެ. ކުރެންދޫއަށް ރައީސް ސާލިހު ވަޑައިގަތީ ނ. މިލަދޫއަށް ކުރެއްވި ދަތުރުފުޅަށްފަހުއެވެ.

އެއަށްފަހު، ޅ. އަތޮޅުގެ ދެވަނަ މަންޒިލެއްގެ ގޮތުގައި ރައީސް ސާލިހު ވަޑައިގެންފައިވަނީ ޅ. އޮޅުވެލިފުއްޓަށެވެ. އޮޅުވެލިފުށިގައިވެސް ރައީސް ސާލިހުވަނީ އެމްޑީޕީގެ މެމްބަރުންނާއި ބައްދަލުކޮށް ކެމްޕޭން ކުރައްވާފައެވެ.

ރައީސް ސާލިހު ނ. އަތޮޅާއި ޅ. އަތޮޅަށް ވަޑައިގަތީ ރ. އަތޮޅުގެ ގިނަ ރަށްތަކަށް ވަޑައިގަތުމަށްފަހުއެވެ.

ކެމްޕޭންގައި، ނ. ވެލިދޫގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ރައިސް ސާލިހު ވިދާޅުވީ އެމްޑީޕީގެ ޕްރައިމަރީގައި މިހާރު ވާދަކުރަމުންދާ ދެ ކެނޑިޑޭޓުންގެ ތެރެއިން، ތަފާތު ފިކުރުގެ ސަރުކާރެއް އުފެއްދޭވަރުގެ ތާއީދެއްވެސް، އަދި އެކަމުގެ ވިސްނުމާއި ފުކުރުވެސް ހުއީ އެމަނިކްފާނުގެ ކިބައިގައިކަމުގައެވެ.

މި ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ސާލިހު ވިދާޅުވީ، މިއަދު ވިސްނާ ފިކުރު ކުރާން ޖެހިފައި އޮތީ 2012 ވަނަ އަހަރު ސަރުކާރު ބަދަލުވެގެން ދިއުމަށްފަހު ކުރިމަތިވި އަނިޔާތަކާއި، ބިރުވެރިކަމާއި ނާމާންކަމުގައި ދެމި ތިބެންވީތޯ ނުވަތަ، މިއަދު މިއޮތް ސުލްހަވެރިކަމާއި އަމާންކަމާއެކީ ގައުމާއިގެން ކުރިޔަށްދާނީތޯ ކަމުގައެވެ.

އަދި ރައީސް ސާލިހު ވިދާޅުވީ އެ އަނިޔާވެރިކަން ދެވަނަ ފަހަރަށް ދެކޭކަށް އެއްވެސް މީހަކު ނޭދޭނެ ކަމަށާއި، އެ ބިރުވެރިކަމުގެ ތެރޭގައި ދިރިއުޅެން އެއްވެސް މީހަކު ބޭނުން ނުވާނެ ކަމުގައެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ބޭއްވުމަށް ހަމަޖެހިފައިވަނީ މިމަހުގެ 28 ވަނަ ދުވަހުއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *