ގައުމެއްގެ ވެރިއަކު ކުއްލި ކުއްލިއަށް ރިއެކް ކުރަމުން ދިއުމަކީ އެހާ ގަދަކަމެއް ނޫންކަމުގައި ރައްޔިތުންގެ މަޖިލިހުގެ ތުޅާދޫ ދާއިރާގެ މެމްބަރު، އަދި ޖޭއެސްސީގެ ރައީސާ ހިސާން ހުސެއިން ވިދާޅު ވެއްޖެއެވެ.
މިހާރު ކުރިޔަށްދާ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ކެމްޕޭންގައި ނ. އަތޮޅު ވެލިދޫގައިރޭ ބޭއްވުނު ޖަލްސާގައި ވާހަކަ ދައްކަވަމުން ހިސާން ވިދާޅުވީ މާއަވަހަށް މާބޮޑަށް ރިއެކްޓު ކުރީމާ ބައެއް ފަހަރަށް ނިކުންނަ ނަތީޖާވެސް އެހާ ސަޅިއެއް ނޫން ކަމަށެވެ. އަދި މާ ބޮޑަށް ރިއެކްޓު ކުރީމާ ބައެއް ފަހަރަށް ރިޔާސީ ދައުރެއްގައި 3 ނާއިބު ރައީސުންވެސް އައްޔަން ކުރާން ޖެހިފައި އެބަހުރިކަމަށް ވިދާޅުވަމުން ހިސާން ވިދާޅުވީ އަނެއްބައި ފަހަރަށް މާގަދައަށް ރިއެކްޓު ކުރުމުން ވެރިކަންވެސް އެބަ ވެއްޓިގެން ދާ ކަމުގައެވެ.
މާއަވަހަށް މާބޮޑަށް ރިއެކްޓް ކުރީމާ ނުކުންނަ ނަތީޖާއެއްވެސް އެހާ ސަޅިއެއްވެސް ނޫން. މާބޮޑަށް ރިއެކްޓު ކުރީމާ، ބައެއް ފަހަރު ރިޔާސީ ދައުރެއްގައި އެބަ ތިން ނާއިބު ރައީސުން އައްޔަން ކުރާން ޖެހޭ. އަނެއްބައި ފަހަރު މާގަދައަށް ރިއެކްޓް ކުރެއްވީމާ ވެރިކަން އެބަ ވެއްޓިގެން ދޭ. އަނެއްބައި ފަހަރު ކުއްލި ނުރައްކާގެ ހާލަތު އިއުލާން ކޮށްގެން ނޫނީ ވެރިކަން ނުއެއް ދެމެހެއްޓޭ.
2012 ވަނަ އަހަރު ނަޝީދު ވެރިކަމުން އިސްތިއުފާ ދެއްވީ މާގަދައަށް ރިއެކްޓް ކޮށްގެންކަަމަށް މޭރުން ކުރައްވަމުން ހިސާން ވިދާޅުވެފައި ވެއެވެ.
ހިސާން ވިދާޅުވީ، ވެރިކަން ކުރައްވާ ބޭފުޅުން މި ބީދައިން ރިއެކްޓު ކުރެއްވުމުން އޭގެ ނަތީޖާއަކަށް ވެގެންދަނީ ރައްޔިތުން ނިކުމެ މަގުމަތިވުން ކަމުގައެވެ. އަދި އޭގެ ނަތީޖާއެއްގެ ގޮތުން އެމްޑީޕީގެ މެމްބަރުން ރެއާދުވާލު މަގުމަތީގަ ގަޑަތެޅެން ޖެހޭ ކަމުގައިވެސް މިޖަލްސާގައި ވާހަކަ ދައްކަވަމުން ހިސާން ވިދާޅުވެފައި ވެއެވެ.
ހިސާން ވިދާޅުވީ އެމްޑީޕީއާއިގެން ކުރިޔަށް ދެވެން މިހާރު ހުންނެވި ހަމައެކަނި ބޭފުޅަކީ ރައީސް އިބުރާހިމް މުހައްމަދު ސާލިހު ކަމަށާއި، އަދި އެމްޑީޕީ އޮތީވެސް ރައީސް ސާލިހާއެކު ކުރިޔަށް ދިއުމަށް ކަމުގައެވެ. އަދި މި ރިޔާސީ ޕްރައިމަރީ ރައީސް ސާލިހު ބޮޑުތަނުން ކާމިޔާބުކޮށް، 2023ގެ ރިޔާސީ އިންތިޚާބުވެސް އެމަނިފާނު ކާމިޔާބު ކުރައްވާނެކަމުގައި ހިސާން ވިދާޅުވެފައި ވެއެވެ.
One Response
އަންނިރިއެކްޓްކުރާމިންވަރުު އެންމެބޮޑައްް އެގޭނީީ ހިސާނަށޯޯ ކިޔާއަޑުއިވޭޭ އެހެންވީމާާ މާއަވަވަހައްް މާބޮޑައްް ރިއެކްޓްް ކުރުމުގެެ ނަތީޖާާ އެގޭމީހަކުު ބުނީމާާ ގަބޫލުކުރަަންޖެހޭނީީ އަވަހައްް ރިއެކްޓްކުރުމުގަަ ހިސާންގެެ ހިއްސާާ އެގިލައްވާނީީ ހަމަހިސާނައްް
އަމިއްލައެދުންބޮޑުވިޔަސްް ތީބޮޑުވަރުތޯއްޗެެ