ބާއްރަށް ދުއްވާފައިދިޔަ ކާރަކާއި ސައިކަލެއް މުޑިއަރައިގެން ބުރިޖް މަތީގައި އެކްސިޑެންޓެއް ހިގައިފިއެވެ. މި އެކްސިޑެންޓު ހިނގަފައިވަނީ މިއަދު ހަވީރު 4:30 ހާއިރުއެވެ.
ފުލުހުން މައުލޫމާތު ދީފައިވާ ގޮތުގައި އެކްސިޑެންޓައި މުޑިއެރި ސައިކަލް ދުއްވަން އިނީ 32 އަހަރިގެ ފިރިހެނެކެވެ. އެކްސިޑެންޓަށްފަހު އާވަނީ ލިބުނު އަނިޔާތަކަށް ފަރުވާ ދިނުމަށް އައިޖީއެމް ހޮސްޕިޓަލަށް ގެންދެވިފައެވެ. އެހެންނަމަވެސް އޭނާއަށް ލިބުނު އަނިޔާގެ ފަތްސީލެއް ފުލުހުން ހާމަ ކޮށްފައެއް ނުވެއެވެ.
ފުލުހުން ބުނެފައިވަނީ މި އެކްސިޑެންޓާއި ގުޅުންހުރި ކަންކަން ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.
ކޮމެންޓު ފޮނުވާ