މަރުގެ މައްސަލައެއްގައި ހައްޔަރުކުރި ނިޒާމްގެ އަޑުއެހުން ސިއްރު

މަރުގެ މައްސަލައެއްގައި ހައްޔަރުކުރި ނިޒާމްގެ އަޑުއެހުން ސިއްރު

ގުޅުންހުރި

ވިލިމާލެ އިން ފުރި ތެޔޮ ބޯޓަކުން ކަނޑުމައްޗަށް ގެއްލުނު ދެ މީހުންގެ ތެރެއިން މަރުގެ މައްސަލައެއްގައި ހައްޔަރުކުރި ގދ. ތިނަދޫ މަނާރު، މުހައްމަދު ނިޒާމް، 45ގެ ބަންދާމދު ގޮތެއް ނިންމަން ބާއްވާ އަޑުއެހުން ސިއްރުކުރަން ކްރިމިނަލް ކޯޓުން ނިންމައިފިއެވެ. އެ އަޑުއެެހުން ސިއްރުކުރަން ނިންމީ ފުލުހުން އެދިގެންކަމަށް ކްރިމިނަލް ކޯޓުން ބުންޏެވެ.

ތެޔޮ ބޯޓުން ގެއްލިގެން ހޯދަމުން ދިޔައީ ގދ. ތިނަދޫ މަނާރު، މުހައްމަދު ނިޒާމް، 45، އާއި މުހައްމަދު ލިޓަން، 35، އެވެ. މި ދެ މީހުން ދަތުރުކުރި ކަމަށް ބުނާ ބޯޓު މިދިޔަ ބުރާސްފަތިދުވަހު ހުޅުލެ ކައިރިން އޮޔާ ދަނިކޮށް ވަނީ ފެނިފައެވެ.

ގެއްލިގެން ހޯދަމުން ދިޔަ ނިޒާމް، އޭގެ ތިން ދުވަސް ފަހުން މާލޭ ކޮފީ ޝޮޕެއްގައި އިންދައި އާއްމުންގެ ބަޔަކަށް އިއްޔެ ފެނިގެން ސޯޝަލްމީޑިއާގައި ފޮޓޯ އާއްމުކުރިއެވެ. ފުލުހުން ވިދާޅުވީ އޭނާ ހައްޔަރުކުރީ ތުހުމަތުކުރެވޭ މަރުގެ މައްސަލައެއްގައިކަމަށެވެ. އަދި އޭނާ ފެނިފައިވަނީ ގެސްޓް ހައުސްއެއްގައި ހުއްޓާކަމަށްވެސް ފުލުހުން ބުނެއެވެ.

މަރުގެ މައްސަލައެއްގައި ނިޒާމް ހައްޔަރުކުރިއިރު، އޭނާއާއެކު ގެއްލުނުކަމަށް ބުނާ ބަންގްލަދޭޝް މީހާ އަދިވެސް ނުފެނެއެވެ. އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންދާއިރު ވ.ވެމްޕަރު ފަޅުގެ ހުޅަނގު އުތުރު ކަނޑުން އިންސާނެއްގެ ހަށިގަނޑެއް އިއްޔެ ވަނީ ފެނިފައެވެ.

ނިޒާމް ދަތުރުކުރި ބޯޓު އޮޔާދަނިކޮށް ފެނުނުއިރު، އޭނާ މާލެ އެރި ގޮތެއް ނޭނގެއެވެ. ކަމެއް ދިމާވިކަން ފުލުހުންނަށް ރިޕޯޓްނުކޮށް އެހާ ހަމަޖެހިގެން މާލެ ތެރޭގައި އޭނާ އުޅުނު ސަބަބާ މެދު ވެސް ސުވާލު އުފެދުނެވެ.

މަޢުލޫމާތު ލިބިފއިވާގޮތުގައި ނިޒާމްގެ މައްޗަށް ތުހުމަތުކުރަނީ ލިޓަން މަރާލިކަމުގެ ތުހުމަތެވެ. އޭނާ މަރާލީ ފައިސާގެ ބޭނުމުގައިކަމަށް ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައިވެއެވެ. މިކަމާއި ގުޅޭ އެއްވެސް ތަފްސީލެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ