ލިވަޕޫލް ތަރި ޞަލާޙު ސޮއިކޮށްފައިވާ އޭނާގެ ޖަރޒީއެއް ރައީސް މައުމޫނަށް

ލިވަޕޫލް ތަރި ޞަލާޙު ސޮއިކޮށްފައިވާ އޭނާގެ ޖަރޒީއެއް ރައީސް މައުމޫނަށް

Author
ޢަލީ އާދަމް
03 ޖެނުއަރީ 2023 12:10
0

އިނގިރޭ ފުޓްބޯޅަ ކްލަބު ލިވަރޕޫލްގެ ތަރި، މަޝްހޫރު ފުޓުބޯޅަ ކުޅުންތެރިޔާ މުޙައްމަދު ޞަލާޙު ސޮއިކޮށްފައިވާ އޭނާގެ ޖަރޒީއެއް ރާއްޖޭގެ ކުރީގެ ރައީސް މައުމޫން ޢަބްދުލްޤައްޔޫމަށް އަރުވައިފިއެވެ.

ރައީސް މައުމޫންވަނީ މިކަމަށްޓަކައި އޭނާއަށް ޝުކުރުއަރާކުރައްވާފައެވެ. އަދި ޞަލާޙަކީ ފަހަކަށްއައިސް ދުނިޔޭގައި އުފެދުނު އެންމެމޮޅު އެއް ކުޅުންތެރިޔާކަން ފާހަގަކުރައްވައި ރައީސް މައުމޫންވަނީ އޭނާއަށް ތައުރީފްކުރައްވާފައެވެ. އަދި އޭނާ ހަދިޔާކުރި ޖަރޒީއަކީ ރައިސް މައުމޫނަށް ލިބިވަޑައިގެންނެވި އަގުހުރު އެއްޗެއްގެގޮތުގައި ސިފަކުރައްވާފައިވެއެވެ. މި ޖަރޒީ ރައީސް މައުމޫނާ ޙަވާލުކުރީ ސިމާއު ސަޢީދުއެވެ. އޭނާއަކީ ލިވަޕޫލްގެ ދިވެހި ސަޕޯޓަރެކެވެ.

އިނގިރޭސި ކްލަބު ލިވަޕޫލަކީ ރާއްޖޭގައި އެންމެ މަޝްހޫރު ބޭރުގެ ކްލަބުތަކުގެ ތެރޭގައި ހިމެނޭ އެއް ކްލަބެވެ. އަދި ލިވަޕޫލްގެ ސަޕޯޓަރުން ރާއްޖޭގައި ވަރަށް ގިނައެވެ. ރައީސް މައުމޫނަކީ ރާއްޖޭގައި ހުރި ލިވަޕޫލްގެ އެންމެ ގިނަދުވަސްވީ ސަޕޯޓަރުކަމަށް ބެލެވެއެވެ.

ރައީސް މައުމޫން ރާއްޖޭގެ ވެރިކަމަށް ވަޑައިގެންނެވުމުގެ ކުރިން ވެސް އެމަނިކުފާނަކީ ލިވަޕޫލުގެ ސަޕޯޓަރެއްކަމަށް ވެއެވެ. ރާއްޖޭގެ އޮންލައިން ނޫސް "ވަން"އަށް ދެއްވި އިންޓަވިއުއެއްގައި ރައީސް މައުމޫން ވިދާޅުވެފައިވަނީ އެމަނިކުފާނު ލިވަޕޫލަށް ސަޕޯޓް ކުރަން ފެށިތާ މިހާރު ގާތްގަނޑަކަށް 50 އަހަރު ވެއްޖެކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.