އެއް އަހަރުތެރޭ ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އައުމުގެ ރެކޯޑު އަދިވެސް ޗައިނާ އަތުގައި

އެއް އަހަރުތެރޭ ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އައުމުގެ ރެކޯޑު އަދިވެސް ޗައިނާ އަތުގައި

އެއް އަހަރުތެރޭ ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އައުމުގެ ރެކޯޑު އަދިވެސް އޮތީ ޗައިނާއަތުގައި ކަމަށް އެޤައުމުން ހާމަކޮށްފިއެވެ.

ރާއްޖޭގައި ހުންނަ ޗައިނާގެ އެމްބަސީން ކުރި ޓްވިޓެއްގައިވަނީ މިކަން ފާހަގަކޮށްފައެވެ. ޗައިނާއާއި ރާއްޖެއާ ދެ ޤައުމުގެ ދެމެދުގައި ސީދާ ދަތުރުތައް އިތުރުވަމުންދާވަރަކަށް، ޗައިނާގެ ގިނަ މީހުން ޚާއްސަކޮށް، ކަޕްލްސް ނުވަތަ ޢާއިލާތަކުން އެކުގައި ޗުއްޓީ ހޭދަކުރުމަށް ރާއްޖެ ޚިޔާރުކުރާކަން އެމްބަސީން ވަނީ ފާހަގަކޮށްފައެވެ. އަދި އޭގެ ނަތީޖާއެއްގެގޮތުން 2016 ވަނަ އަހަރު ރާއްޖެ އައި ޗައިނާގެ ފަތުރުވެރިންގެ ޢަދަދު ވަނީ 324،000 އަށް ވުރެ މައްޗަށް އަރާފައި ކަމަށާ، މިއީ ޕީކް ދުވަސްވަރު ރާއްޖެއަށް އެއްޤައުމަކުން އައި އެންމެ ގިނަ ފަތުރުވެރިންކަން ޗައިނާ އެމްބަސީން ފާހަގަކޮށްފައިވެއެވެ. އަދިވެސް އެހެން ޤައުމަކަށް މި ރެކޯޑު މުގުރާނުލެވޭކަން ޗައިނާ އެމްބަސީން ފާހަގަކުރެއެވެ.

އިންޑިއާ ކަނޑުގެ ފެންމަތީގެ "ބްލޫ ހެވަން" ނުވަތަ ނޫ ސުވަރުގޭގެ ނަމުން ޗަައިނާ މީހުންގެ މެދުގައި މަޤުބޫލު ރާއްޖެއަކީ މިސާސްކަފުގައިވެސް ޗައިނާ މީހުންގެ މެދުގައި އެންމެ މަޤުބޫލު މަންޒިލްކަން ޗައިނާ އެމްބަސީން ފާހަގަކުރެއެވެ.

2010 ވަނަ އަހަރުން ފެށިގެން ޗައިނާ އަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ 1ވަނަ މާކެޓެވެ. އެހެންނަމަވެސް ކޯވިޑް-19ގެ ބަލިމަޑުކަމާއެކު ޗައިނާ ބަންދުކުރުމާއެކު އެކަން ވަނީ ބަދަލުވެފައެވެ.

އެހެންނަމަވެސް ކޯވިޑް-19އަށްފަހު ޗައިނާ ހުޅުވަން ފަށައި އަންނަ މަނުން ފެށިގެން އަނެއްކާވެސް ޗައިނާ ފަތުރުވެރިން ރާއްޖެއަށް އަންނަން ފަށާނެ ކަމަށް ޗައިނާއިން ދިވެހިރާއްޖެ އަށް ކަނޑައަޅާފައިވާ ސަފީރު ވަންގ ލިޒިން ވަނީ ދާދިފަހުން ވިދާޅުވެފައެވެ. ރާއްޖެއަށް ޗައިނާއިން ފަތުރުވެރިން އަލުން އަންނަން މިފަށަނީ 3 އަހަރު ދުވަހުގެ މެދުކެނޑުމަކަށްފަހުއެވެ. އެހެންކަމުން އަނެއްކާވެސް ރާއްޖޭގެ ފަތުރުވެރިކަމުގެ މާކެޓުގައި ޗައިނާގެ ދައުރު ފުޅާވެ ފަތުރުވެރިކަމަށް އިތުރު ކުރިއެރުން އަންނާނެކަމުގެ އުންމީދު މިވަނީ އާވެފައެވެ.

ޗައިނާ ސަފީރު ވަންގ ލިޒިން ވިދާޅުވީ، ޗައިނާ ރައްޔިތުންނަށް އަދި އެޤައުމުން ލިބިދޭން ނިންމާފައިވަނީ ވަކި ހަމަތަކެއްގެ މަތިން ދަތުރުކުރުމުގެ ލުއިތަކެއްކަމަށެވެ. ރާއްޖެއާއި ޗައިނާއާ ދެ ޤައުމުގެ ދެމެދުގައި ސީދާ ދަތުރުތައް ފެށުމަށް އަދި ވަގުތު ނަގާނެ ކަމަށް ބެލެވޭ ކަމަށެވެ. އަދި އެމަސައްކަތް ދެޤައުމުގެ ކަމާބެހޭ ފަރާތްތަކުން ކުރަމުން އަންނަކަމަށްވެް ޗައިނާ ސަފީރު ވިދާޅުވިއެވެ.

ކޯވިޑް-19އާ ގުޅިގެން ޗައިނާގައި އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ލުއިދޭންފެށާފައިވަނީ މިމަހުގެ 7 ވަނަ ދުވަހުން ފެށިގެންނެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *