ގިނަ އަދަދެއްގެ ބަޔަކާއިއެކު އިދިކޮޅު ހިނގާލުން ފަށައިފި

ގިނަ އަދަދެއްގެ ބަޔަކާއިއެކު އިދިކޮޅު ހިނގާލުން ފަށައިފި

Author
މުޙައްމަދު ޝަޒައިމް
30 ޑިސެމްބަރ 2022 04:22
0

ކުރީގެ ރައީސް އަދި އިދިިކޮޅު ލީޑަރު ރައީސް ޔާމީން މިނިވަން ކުރުމަށް ގޮވާލައި އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ގިނަ އަދަދެއްގެ ބަޔަކާއިއެކު މާލޭގައި ބާއްވާ ހިނގާލުން ފަށައިފިއެވެ.

ހިނގާލުން ފަށާފައިވަނީ މާލޭގައި ހުންނަ ޕީޕީއެމް އޮފީސް ދޮރުމަތިންނެނެވެ. ގިނަ އަދަދެއްގެ ބަޔަކު ބައިވެރިވާ މިހިނގާލުމުގައި ބައިވެރިން ތިބީ "ފްރީ ރައީސް ޔާމީން" ޖަހާފައިވާ ކަޅު ޓީޝާޓެއް ލައިގެންނެވެ. ހިނގާލުމުގައި ޕީޕީއެމް ޕީއެންސީގެ ލީޑަރޝިޕްގެ ގިނަ އަދަދެއްގެ ބޭފުޅުން ދަނީ ބައިވެރިވަމުންނެވެ.

ހިނގާލުމުގައި ބައިވެރިވާ މީހުން ތިބީ ޤައުމީ ދިދަ ހިފައިގެންނެވެ. ފުލުހުންގެ އެއްބާރުލުމާއިއެކު ފަށާފައިވާ މިހިނގާލުން ނިންމާނީވެސް ޕީޕީއެމް އޮފީސް ކައިރިއަށެވެ.

މިއަދު މާލޭގައި ބޮޑު ހިނގާލުމެއް ބާއްވާއިރު، ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައިވެސް ރައީސް ޔަމީން މިނިވަން ކުރުމަށް ގޮވާލައި ހިނގާލުންތައް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

ރައީސް ޔާމީން ޖަލަށްލުމަށް ހުކުމް ކުރުމުން އިދިކޮޅު ފަރާތްތަކުން ދަނީ އާދިއްތަ ދުވަހުގެ ރެއިން ފެށިގެން ކޮންމެ ރެޔަކު މާލޭގައި މުޒާހަރާ ކުރަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ވ ވިސްނާ
ވައްކަންކޮށްގެންނާއި، ރިޝްވަތުގެގޮތުން ހޯދި ރުފިޔާ ފާއިސާާ ހަލާލު އެފަދަބޮޑު ޚިޔާނާތާއި، އެފަދަބޮޑު ޖަރީމާ ތަޙުޤީޤަށްްް ސާބިތުވީމާ ޝަރީއަތުން ކުރި ޙުކުމް ޙަރާމް ކިހާހެއްވާ