ރަންބީރު އާލިއާ އަށް ޕްރޮޕޯސް ކުރި ފޮޓޯ ވައިރަލް ވެއްޖެ

ރަންބީރު އާލިއާ އަށް ޕްރޮޕޯސް ކުރި ފޮޓޯ ވައިރަލް ވެއްޖެ

Author
ފާތިމަތު ނާވީ
31 ޑިސެމްބަރ 2022 07:20
0

މި އަހަރަކީ އާލިއާ ބަޓްގެ ދިރިއުޅުމަށް ބޮޑެތި ބަދަލުތަކެއް އަދި އަހަރެކެވެ. މީ ވަރަށް އުފާވެރި އަދި އޭނާގެ ގިނަ އުންމީދު ތަކެއް ހާސިލްވި އަހަރެއް ކަމުގައި ބުނެވިދާނެއެވެ.

އެގޮތުން އޭނާ އެންމެ ލޯބިވާ މިހާ ހަޔާތުގެ ބައިވެރިއަކަށްވީ މިއަހަރުއެވެ. ކުޑަ އިރުންސުރެ އެކްޓަރު ރަންބީރު ކަމުދާ ކަމަށް ބުނަމުން އައި އާލިއާ އަށް ރަންބީރު ހާސިލު ކުރެވުނީ މިއަހަރުއެވެ. ލޯބީގެ ގޮތުން ދެމީހުން ގުޅިގެން އުޅުމަށްފަހު ކައިވެނި ކުރީ މިއަހަރުގެ އެޕްރިލް މަހުގެ 14 ވަނަ ދުވަހުގައިއެވެ.

 

View this post on Instagram

 

A post shared by Pinkvilla (@pinkvilla)

މި ކައިވެނި ކުރުމުގެ ކުރިން ރަންބީރު ވަނީ އާލިއާ އަށް ޕްރޮޕޯސް ކޮށްފައިއެވެ. ޖަންގަލީގެ މެދު ތެރޭގައި ރަންބީރު އާލިއާ އަށް ޕްރޮޕޯސް ކުރަނިކޮށް ނަގާފައިވާ ފޮޓޯތަކެއް މިހާރު އަންނަނީ ދައުރު ވަމުންނެވެ.

ވައިރަލް ވެފައިވާ ފޮޓޯގައި ފެންނަނީ ކުޑަކަކޫ މައްޗަށް ރަންބީރު ތިރިވެ އަންގޮޓި ދިއްކޮލާތަނެވެ. އަދި އާލިއާ އަށް އުފަލުން ރޮވޭތަށް ފެނެއެވެ. ކައިވެންޏަށް ދުވަސްގަނޑަކަށްފަހު މި ފޮޓޯތަށް ވައިރަލްވެފައިވާ އިރުގައި ގިނަބަޔަކު ބުނަނީ މީ ވަރަށް ކިއުޓް ފޮޓޯތަކެއް ކަމަށެވެ.

 

View this post on Instagram

 

A post shared by neetu Kapoor. Fightingfyt (@neetu54)

އާލިއާ އަށް މި އަހަރު އިތުރަށް ފުރިހަމަ ވެގެން ދިއައީ އަލަތު ދަރިފުޅު ލިބުމާއި ގުޅިގެންނެވެ. އެދެމަފިރިންގެ އަލަތު ދަރިފުޅު ލިބިފައިވަނީ ކަިއވެންޏަށް 7 ވަރަކަށް މަހުގައިއެވެ. އެމީހުންނަށް ލިބުނީ އަންހެން ކުއްޖެކެވެ. ނަމަކީ ރާހާއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.