ނަޝީދުގެ ކެމްޕެއިން ދަތުރު ފަށްޓަވައިފި، ފުރަތަމަ ވަޑައިގަތީ ހޯރަފުށްޓަށް

ނަޝީދުގެ ކެމްޕެއިން ދަތުރު ފަށްޓަވައިފި، ފުރަތަމަ ވަޑައިގަތީ ހޯރަފުށްޓަށް

އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރައްވާ އެޕާޓީގެ ރައީސް މުޙައްމަދު ނަޝީދު އުތުރުގެ ތިން އަތޮޅުގެ ބައެއް ރަށްރަށަށް ކުރައްވާ ކެންޕޭން ދަތުރުފުޅު މިއަދު ފައްޓަވައިފިއެވެ.

މިމަހުގެ 29އިން 31އަށް ކުރައްވާ މިދަތުރުފުޅުގައި ހއ. އިން ބާރަށް، އިހަވަންދޫ، ދިއްދޫ، ކެލާ، ހދ. އިން ކުޅުދުއްފުށި، ވައިކަރަދޫ، ކުމުންދޫ، އަދި ށ. އިން މިލަންދޫ އަދި ކޮމަންޑޫއަށް ރައީސް ނަޝީދު ވަޑައިންނަވާނެކަމަށް ރައީސް ނަޝީދުގެ ކެމްޕެއިން ޓީމުން ބުންޏެވެ.

މިއީ ސަލްޓަމް ޕާކުގައި ރޭ ބޭއްވި ޚާއްސަ އެއްވުމެއްގައި ރިޔާސީ ޕްރައިމަރީގެ ކެމްޕޭން ފެށްޓެވުމަށްފަހު ނަޝީދުކުރައްވާ ފުރަތަމަ ދަތުރުފުޅެވެ.

އަންނަ މަހު 28ގައި ބޭއްވުމަށް ހަމަޖެހިފައިވާ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއަށް ކުރިމަތިލައްވާފައިވަނީ އެޕާޓީގެ އިސްލީޑަރު، ރައީސުލްޖުމުހޫރިއްޔާ އިބުރާހިމް މުހައްމަދު ސާލިހާއި އެޕާޓީގެ ރައީސް މުހައްމަދު ނަޝީދެވެ. އަދި ދެބޭފުޅުންވެސް މިހާރު ގެންދަވަނީ ޕްރައިމަރީއަށް ކެމްޕޭން ކުރައްވަމުންނެވެ.

ސަލްޓަންޕާކުގައި ބޭއްވުނު "އަންނި 2023 – ފިކުރެއްގެ ދިރުން" އިވެންޓްގައި ވާހަކަ ދައްކަވަމުން ނަޝީދު ވިދާޅުވީ އެމްޑީޕީ އަލުން އޮތް މަގާމަށް ގެނައުމަށް ޕާޓީގެ މެމްބަރުން ކަމަރު ބަންނަން ޖެހޭ ކަމަށާއި ރައީސް ސާލިހަށް ޕްރައިމަރީން ޓިކެޓް ލިބިވަޑައިގެންފިނަމަ އެޕާޓީއަށް ލިބޭނެ ވޯޓު ވަރަށް ބޮޑުތަނުން މަދުވެގެން ދާނެކަމުގައެވެ.

ނަޝީދު ވިދާޅުވީ އެމްޑީޕީން ވަކި ކޮށްފައިވާ 39،000 މެމްބަރުންނާއި އެ މެމްބަރުންގެ އައިލާގެ މެމްބަރުންގެ ވޯޓު ރައީސް ސާލިހަށް ލިބޭނެ އެއްވެސް ގޮތެއް ނެތްކަމުގައެވެ.

އަދި މި ދައުރުގައި ރައްޔިތުންނަށް ކުރިމަތިވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ލިބިގެން ނުދިޔަކަމަށް ވިދާޅުވަމުން، ރައްޔިތުންނަށް ކުރިމަތިވެފައިވާ މައްސަލަތަކަށް ހައްލު ހޯއްދަވާ ދެއްވުމަށް ރައީސް ސާލިހު "ރިއެކްޓް" ނުކުރުއްވިކަމަށް ވިދާޅުވެ ނަޝީދުވަނީ ރައީސް ސާލިހަށް ހަޖޫ ޖައްސަވާ ކެޕްމޭން އިވެންޓުގައި ވާހަކަ ދައްކަވާފައެވެ.

ނަޝީދު ވިދާޅުވީ އެމްޑިޕީން އަބަދުވެސް ބޭނުންވަނީ ސަރުކާރުން ހިންގާ ކަންކަން ދެފުށްފެންނަ ގޮތަކަށް ހިންގުން ކަމުގައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *