އިންޖީނު ހުއްޓުނު ދޯންޏަކަށް ނޮދަން އޭރިއާ ކޯސްޓްގާޑް ފަސްޓް ސްކޮޑްރަންއިން އެހީތެރިކަން ފޯރުކޮށްދީފި

އިންޖީނު ހުއްޓުނު ދޯންޏަކަށް ނޮދަން އޭރިއާ ކޯސްޓްގާޑް ފަސްޓް ސްކޮޑްރަންއިން އެހީތެރިކަން ފޯރުކޮށްދީފި

Author
ހުސެއިން
29 ޑިސެމްބަރ 2022 09:09
0

ހދ.ވައިކަރަމުރައިދޫ ފަރަށް އެރި ދޯންޏަކަށް އެމްއެންޑީއެފް ނޮދަން އޭރިއާ ކޯސްޓްގާޑް ފަސްޓް ސްކޮޑްރަންއިން އެހީތެރިކަން ފޯރުކޮށްދީފިއެވެ.

އެމްއެޗްޑީއެފް އިން ބުނެފައިވަނީ 3 މީހުންނާއެކު ދަތުރުކުރި މިދޯނި ފަރަށް އެރިކަމުގެ ރިޕޯޓް އެމްއެންޑީއެފް ކޯސްޓްގާޑު މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރ (އެމްއާރުސީސީ) އަށް ލިބުނީ ރޭ (ޑިސެންބަރު 28 ވަނަ ދުވަހުގެރޭ) 23:32 ހާއިރު ކަމުގައެވެ. ހާދިސާގެ ރިޕޯޓް ލިބުމާއެކު އެމްއެންޑީއެފް ނޮދަން އޭރިއާ ކޯސްޓްގާޑް ފަސްޓް ސްކޮޑްރަންގެ ލޯންޗު އެސަރަހަށްދަށް ގޮސް އެ ދޯންޏަށް އެހީތެރިވުމުގެ މަސައްކަތް ވަނީ ފަށާފައި ވާކަމަށާއި، އެގޮތުން ދޯންޏަށް ދިޔަވުން ކޮންޓްރޯލްކުރުމަށް ހދ. ކުޅުދުއްފުށީ ފަޔަރ ސްޓޭޝަންގެ ސިފައިންނާއެކު ޕަންޕު ބޭނުންކޮށްގެން ދިޔަވުން ކޮންޓްރޯލް ކުރުމުގެ މަސައްކަތް ކޮށްފައިވާކަމަށްވެސް އެމްއެންޑީއެފްއިން ބުނެފައި ވެއެވެ.

އެމްއެންޑީއެފްއިން ބުނެފައިވަނީ ދޯނި ކުޅުދުއްފުށީ ބަނދަރަށް ވައްދާފައިވަނީ، ދޯނީގެ ވެރިފަރާތުން ގެނައި ދޯންޏެއްގައި ކަފުޖަހައިގެން، އެމްއެންޑީއެފް ނޮދަން އޭރިއާ ކޯސްޓްގާޑް ފަސްޓް ސްކޮޑްރަންއިން އެހީތެރިކަމާއެކު ރޭ ފަތިހު 05:05 ހާއިރު ކަމުގައެވެ.

ދޯނީގައި ބޮޑުުވެފައިވާ ދިޔަގަނޑު ހިއްކުމުގެ މަސައްކަތުގައި ކުޅުދުއްފުށީ ފަޔަރ ސްޓޭޝަންގެ ސިފައިން އަދިވެސް ކުރަމުން އަންނައިރު މި ހާދިސާގައި ދޯނިން ދަތުރުކުރި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.