މިރޭ ސަލްޓަމް ޕާކުގައި ބޭއްވުނު ޚާއްސަ އެއްވުމެއްގައި ނަޝީދު ކުރިޔަށް އޮތް އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕޭން ފައްޓަވައިފިއެވެ.
މިގޮތުން ރިޔާސީ ކެމްޕޭން ފެއްޓެވުމަށް މިރޭ 8:30 ގައި ސަލްޓަމްޕާކު ސަރަހައްދުގައި އެމްޑީޕީގެ މެމްބަރުންނަށް ޚާއްސަ ކޮށްގެން ބޭއްވި އެއްވުމުގައި ބައިވެރި ޕާޓީގެ މެމްބަރުންނާ މުޚާތަބުކޮށް ނަޝީދު ވަނީ ވާހަކަ ދައްކަވާފައެވެ.
އެމްޑީޕީގެ މަދު އަދަދެއްގެ މެމްބަރުން ހާޒިރު، އާންމުކޮށް ހުޅުވާލައިގެން ބޭއްވި އިވެންޓުގައި ޕާޓީގެ މެމްބަރުންނާ މުޚާތަބުކޮށް ވާހަކަ ދައްކަވަމުން ނަޝީދު ވިދާޅުވެފައިވަނީ ކުރިޔަށް އޮތް ރިޔާސީ އިންތިޚާބުގައި ރައީސް އިބުރާހިމް މުހައްމަދު ސާލިހުއަށް 20 ޕަސެންޓް ވޯޓްވެސް ލިބިވަޑައިނުގަންނަވާނެ ކަމަށާ ޕްރައިމަރީއަށް ނިކުމެވަޑައިގެންނެވީ އެ މަންޒަރު ދެކެވަޑައިގަންނަވަން ބޭނުންފުޅު ނުވާތީ ކަމުގައެވެ.
ސަލްޓަންޕާކުގައި ބޭއްވުނު "އަންނި 2023 – ފިކުރެއްގެ ދިރުން" އިވެންޓްގައި ވާހަކަ ދައްކަވަމުން ނަޝީދު ވިދާޅުވީ އެމްޑީޕީ އަލުން އޮތް މަގާމަށް ގެނައުމަށް ޕާޓީގެ މެމްބަރުން ކަމަރު ބަންނަން ޖެހޭ ކަމަށާއި ރައީސް ސާލިހަށް ޕްރައިމަރީން ޓިކެޓް ލިބިވަޑައިގެންފިނަމަ އެޕާޓީއަށް ލިބޭނެ ވޯޓު ވަރަށް ބޮޑުތަނުން މަދުވެގެން ދާނެކަމުގައެވެ.
ނަޝީދު ވިދާޅުވީ އެމްޑީޕީން ވަކި ކޮށްފައިވާ 39،000 މެމްބަރުންނާއި އެ މެމްބަރުންގެ އައިލާގެ މެމްބަރުންގެ ވޯޓު ރައީސް ސާލިހަށް ލިބޭނެ އެއްވެސް ގޮތެއް ނެތްކަމުގައެވެ.
އަދި މި ދައުރުގައި ރައްޔިތުންނަށް ކުރިމަތިވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ލިބިގެން ނުދިޔަކަމަށް ވިދާޅުވަމުން، ރައްޔިތުންނަށް ކުރިމަތިވެފައިވާ މައްސަލަތަކަށް ހައްލު ހޯއްދަވާ ދެއްވުމަށް ރައީސް ސާލިހު "ރިއެކްޓް" ނުކުރުއްވިކަމަށް ވިދާޅުވެ ނަޝީދުވަނީ ރައީސް ސާލިހަށް ހަޖޫ ޖައްސަވާ ކެޕްމޭން އިވެންޓުގައި ވާހަކަ ދައްކަވާފައެވެ.
ވެށިފަހި މާލޭ ޕްރޮގްރާމަށްވެސް އެއްވެސް ރިއެކްޝަނެއް ނެތް. އެއް ދަންފަޅީގެ މަދުރުސާއަކަށްވެސް ނެތޭ ރިއެކްޝަނެއް.
މި ޖަލްސާގައި ވާހަކަ ދައްކަވަމުން ނަޝީދު ވިދާޅުވެފައި ވެއެވެ.
މި ޖަލްސާގައި ވާހަކަ ދައްކަވަމުން ނަޝީދު ވިދާޅުވީ އެމްޑިޕީން އަބަދުވެސް ބޭނުންވަނީ ސަރުކާރުން ހިންގާ ކަންކަން ދެފުށްފެންނަ ގޮތަކަށް ހިންގުން ކަމުގައެވެ.
ރަސްމީކޮށް ރިޔާސީ ޕްރައިމަރީގެ ކެމްޕޭން ފެއްޓެވުމަށްފަހު ނަޝީދު 3 އަތޮޅަކަށް މި ހަފްތާގައި ދަތުރުތައް ފެއްޓުމަށް ވަނީ ހަމަޖެހިފައެވެ. މިގޮތުން ފިރަތަމަ ވަޑައިގަތުމަށް ހަމަޖެގިފައިވަނީ ހއ. އިހަވަންދޫއަށެވެ.
One Response
ދިވެރައިޔަތުންގެ ކުރިމަތީގައި އަމިއްލަ ސޯޓުބާލުއްވަން މިހާރުއެޅުއްވަނީ