ވިހެއުމަށްފަހު ފިޓު ވުމުގެ މަސައްކަތް އާލިއާ ފަށައިފި

ވިހެއުމަށްފަހު ފިޓު ވުމުގެ މަސައްކަތް އާލިއާ ފަށައިފި

Author
ފާތިމަތު ނާވީ
26 ޑިސެމްބަރ 2022 06:29
0

މީގެ ދޮޅު މަހެއްހައި ދުވަސް ކުރި އަލަތު ދަރިފުޅު ލިބުން ބޮލީވުޑްގެ ޒުވާން ބަތަލާ އާލިއާ ބަޓް، މިހާރު ފިޓް ވުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ބުނެފިއެވެ.

އޭނާ އަންނީ ކޮންމެ ދުވަހަކުވެސް ކޮންމެވެސް ވަގުތު ކޮޅެއް ޖިމްގައި ހޭދަކުރަމުންނެވެ. އާލިއާ ބުނީ ވިހެއުމަކީ ހަށިގަނޑަށް ބޮޑެތި ބަދަލުތަކެއް އަންނަ ވަރަށް ބޮޑު ކަމެއް ކަމަށާއި އެހެން ކަމުން ފިޓް ވުމަށް މަސައްކަތް ކުރަންވީ ކިހިނެއްކަން އެގުން މުހިންމު ކަމަށެވެ. އެގޮތުން އޭނާ ވިހެއުމަކީ ބޮޑުކަމެއްކަން އެނގި ހަނށިގަނޑު ކުރިމަތިލީ ބޮޑު ކަމަކާ ކަން އެނގިގެން ފިޓް ވުމަށް ކަމަށެވެ. އަދި ވަރަށް މަސައްކަތް ކުރަން ޖެހޭ ކަމަށް ގަބޫލު ކުރާ ކަމަށްވެސް އޭނާ ވަނީ ބުނެފައިއެވެ.

 

View this post on Instagram

 

A post shared by Pinkvilla (@pinkvilla)

އާލިއާ ބުނީ ފަހަރަކު ހަރުފަތެއް ގިރާކުރަމުން ގޮސް ބޭނުންވާ އަމާޒަށް ދެވޭނެކަމަށެވެ. އަދި ފިޓްވުމުގެ މަސައްކަތް ފެށި ވަރަށް ލަސްލަހުން ކަމަށެވެ. އެގޮތުން އޭނާބުނީ ފުރަތަމަ ހަފްތާއެއް ނުވަތަ ދެ ހަފްތާއެއްހާ ދުވަހު އަހަރެން ކުރިހާވެސް ކަމަކީ ނޭވާލުން ކަމަށެވެ. އަދި ދެން މަޑުމަޑުން ހިނގީ މަކަށާއި މަޑު މަޑުން މިހާރު އިތުރު ކަސްތަރު ތަށް އިތުރު ކުރަމުން ދާކަމަށެވެ.

އެންމެ ފަހުން އާލިއާ ޖިމްގައި ހުއްޓާ ފެނިގެން ގޮސްފައިވަނީ އޭރިއަލް ޔޯގާ ހެދުމުގެ މަސައްކަތުގައި އުޅެނިކޮންނެވެ. އަދި އޭނާ އަންނަނީ ވަރަށް ބޮޑަށް މިހާރު ކަސްތަރު ކުރުން އިމްޕްރޫވް ކޮށްފައި ކަމަށްވެސް ބުނެފައިއެވެ.

 

View this post on Instagram

 

A post shared by Alia Bhatt 💛 (@aliaabhatt)

އާލިއާ އާއި ރަންބީރު ކަޕުރު ކައިވެނި ކުރީ މިއަހަރުގެ އެޕްރިލް މަހުގެ 14 ވަނަ ދުވަހުގައިއެވެ. އަދި އެމީހުންނަށް އަލަތު ދަރިފުޅު ލިބިފައިވާ އިރުގައި އެކުއްޖާގެ ނަމަކީ ރަހާއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.