ވިކީ އާއި ޓްރިޕްތީގެ ފިލްމް އަންނަ އަހަރު ޖުލައި 28 ގަ

ވިކީ އާއި ޓްރިޕްތީގެ ފިލްމް އަންނަ އަހަރު ޖުލައި 28 ގަ

Author
ފާތިމަތު ނާވީ
26 ޑިސެމްބަރ 2022 01:18
0

މި އަހަރުގެ މެދުތެރޭގައި ޝޫޓިން ނިންމައިފައިވާ ވިކީ ކޯޝަލް އާއި ޓްރިޕްތީ ދިމްރީ ގެ ފިލްމް އަޅުވާ ތާރީހް އިއުލާން ކޮށްފިއެވެ. ކަރަން ޖޯހަރްގެ ދަރުމާ ޕްރޮޑަކްޝަނާއި ލިއޯ މީޑިއާ ކަލެކްޓިވް ގުޅިގެން ގެނެސްދޭން ހަމަޖެހިފައިވާ ފިލްމު ގެނެސްދޭން ހަމަޖެހިފައި ވަނީ އަންނަ އަހަރުގެ ޖުލައި 28 ގަ އެވެ.

މި ފިލްމް އަކި މި ދެތަރިން އެކުގައި ފެނިގެންދާ އަލަތު ފިލްމްއެވެ. ތްރިޕްތީ އަކީ މިއަހަރު ރިލީޒް ކުރި ފިލްމް "ގަލާ" އިން ބެލުންތެރިންގެ މަގުބޫލު ކަން ހޯދަމުން އަންނަ ތަރިއެކެވެ.

 

View this post on Instagram

 

A post shared by Triptii Dimri (@tripti_dimri)

2017 ވަނަ އަހަރު "ޕޯސްޓަރު ބޯއީ" އިން ބޮލީވުޑް އަށް ތާރަފްވި ބަތަލާ ފެނިގެންދާ ފިލްމް އަޅުވާ ދުވަސް އިއުލާން ކުރި ނަމަވެސް އަދިވެސް މި ފިލްމްގެ ނަމެއް އިއުލާނެއް ނުކުރެއެވެ.

"ގޯ ގޯއާ ގޯން" އާއި "ކައިޓްސް" އަދި "އައިޝާ" ފަދަ ފިލްމުތަށް ގެނެސްދީފައިވާ ޑައިރެކްޓަރު އާނަންދު ތިވާރީ އެންމެ ފަހުން ގެނެސްދިން ފިލްމަކީ މިދިޔަ އޮކްޓޯބަރު މަހު އެމެޒޯން ޕްރައިމް ވީޑިއޯ އިން ގެނެސްދިން މަދޫރީ ޑިކްސިޓްގެ "މަޖާ މާ" އެވެ.

 

View this post on Instagram

 

A post shared by Ammy virk ❤️ (@ammyvirk)

އާނަންދުގެ އާ ފިލްމުގެ ކާސްޓްގައި ރަންވީރު ސިންގްގެ "83″ އާއި އަޖޭ ދޭވްގަންގެ "ބޫޖް: ދަ ޕްރައިޑް އޮފް އިންޑިއާ" ގައި ކާސްޓްގައި ވެސް ހިމެނުނު ޕަންޖާބީ އެކްޓަރު/ލަވަކިޔުންތެރިޔާ އައްމީ ވާކް ވެސް ހިމެނެ އެވެ.

މި ރޮމޭންޓިކް ކޮމެޑީގެ ޝޫޓިންގެ ބައެއް މަންޒަރުތަށް މީގެ ކުރިން ވަނީ ލީކުވެފައިއެވެ. އެއާއި އެކުގައި ގިނަ ބަޔަކު އިންތިޒާރު ކުރަމުން އަންނީ ފިލްމް އަޅުވާނެ ތާރިހަށެވެ.

 

View this post on Instagram

 

A post shared by Vicky Kaushal (@vickykaushal09)

ބަތަލާ ކެޓްރީނާ ކައިފްގެ ފިރިމީހާ ވިކީގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ ހުކުރު ދުވަހު ޑިޒްނީ ޕްލަސް ހޮޓްސްޓާ އިން ޕްރީމިއާކުރި "ގޯވިންދާ ނާމް މޭރާ" އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.