އެއްވުންތައް ކަވަރުކުރާ ނޫސްވެރިން ބްރޯޑްކޮމްގެ ފާސް އަޅަން ފުލުހުން އަންގައިފި

އެއްވުންތައް ކަވަރުކުރާ ނޫސްވެރިން ބްރޯޑްކޮމްގެ ފާސް އަޅަން ފުލުހުން އަންގައިފި

Author
ޢަލީ އާދަމް
25 ޑިސެމްބަރ 2022 11:58
0

އެކިއެކި ކަންކަމާ ގުޅިގެން ބާއްވާ އެއްވުންތައް ކަވަރުކުރަން ހަރަކާތްތެވިނާ ނޫސްވެރިން، ބްރޯޑްކާސްޓިން ކޮމިޝަނުން އެކްރެޑިޓުކޮށްފައިވާ ފާސް އެޅުމަށް ފުލުހުން އަނެއްކާވެސް އަންގައިފިއެވެ.

ފުލުހުން މިއަދު ބުނީ އެއްވުންތަކުގައި ނޫސްވެރިން ހަރަލާތްތެރިވާއިރު، ތިބެންވާނީ ބްރޯޑްކޮމްގެ ފާސް އަޅައިެގެންކަމަށާ، ފާސް ފެންނަން އޮންނަންވާނެކަމަށެވެ. އަދި އެއީ މުއްދަތު ހަމަވެފައިވާ ފާހަކަށްވެސް ވެގެން ނުވާނެކަމަށްކެވެ.

ބެލެވޭގޮތުގައި ފުލުހުން މިއަދު މިގޮތަށް އެންގީ މިއަދު ކުރިއަށްދާ ރައީސް ޔާމީންގެ ޝަރިޢަތާ ގުޅިގެން ކުރިއަށްދާ އެއްވުންތަކާ ގުޅިގެންނެވ.

އެއްވުންތައް ކަވަރުކުރުމުގައި ހަރަކާތްތެރިވާ ނޫސްވެރިން ގާނޫނު ނަންބަރު 2013/1 "ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ގާނޫނު" އިން ބާރުލިބިގެން ހަދާފައިވާ "އެއްވުމާގުޅޭ ގޮތުން ހަރަކާތްތެރިވާ ނޫސްވެރިން އެކްރެޑިޓް ކުރުމުގެ ގަވާއިދު" ގެ ދަށުން މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުން ދޫކުރާ ފާސް އަޅަން ޖެހެއެވެ.

މިއީ އަބަދުވެސް ނޫސްވެރިންގެ މެދުގައި ބަޙުސްކުރެވޭ މައްސަލައެކެވެ.

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.