އެމްޑީޕީގެ ޕްރައިމަރީއަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ނިކުންނެވުމަކީ ރައްޔިތުންނަށް އޮތް ބޮޑު ހިތްހަމަޖެހުމެއްކަމަށް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ)ގެ މެނޭޖިންގ ޑިރެކްޓަރ މޫސާ އަލި މަނިކު (މޫކޭ) ވިދާޅުވެއްޖެއެވެ. މޫކޭ މިހެން ވިދާޅުވީ ބޮޑު ތާޢީދަކާއެކު އެމްޑީޕުގެ ރިޔާސީ ޕްރައިމަރީއަށް މިއަދު ފޯމް ހުށައެޅުއްވުމުންނެވެ.
މޫކޭ ވިދާޅުވީ، 20 ހާހަށްވުރެ ގިނަ މެމްބަރުންގެ ތާޢީދާއި އިތުބާރާއެކު ރައީސް ޞާލިޙު ޕްރައިމަރީ އަށް ނުކުންނެވުމަކީ އެމް.ޑީ.ޕީ އާއި ރާއްޖޭގެ ރައްޔިތުންނަށް ލިބުނު ހިތްހަމަޖެހުމެއްކަމަށެވެ.
އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރުމަށް ރައީސް ސާލިހު ފޯމު ހުށަހަޅުއްވާފައިވާއިރު، އެޕާޓީގެ ރައީސް މުހައްމަދު ނަޝީދުވެސް ވަނީ ޕްރައިމަރީގައި ވާދަކުރެއްވުމަށް އޮންލައިންކޮށް ފޯމު ހުށަހަޅުއްވާފައެވެ. އެހެންނަމަވެސް ނަޝީދު ފޯމު ހުށަހަޅުއްވާފައިވަނީ ކިހާ އަދަދެއްގެ މެމްބަރުންނެއްގެ ތާއީދާއެކު ކަމެއް ސާފުވެފައެއް ނުވެއެވެ.
އެމްޑީޕީގެ ޕްރައިމަރީ އޮންނާނީ ޖެނުއަރީ 28ގައެވެ. މިމަހުގެ 24ގެ ކުރިން ވާދަކުރައްވާ ކެނޑިޑޭޓުން ޕާޓީއަށް ނަން ހުށައަޅަންޖެހެއެވެ.
ރިޔާސީ އިންތިޚާބު އޮންނާނީ އަންނަ އަހަރުގެ ސެޕްޓެމްބަރު މަހުއެވެ.
ކޮމެންޓު ފޮނުވާ