ރަންބީރާއި އާލިއާ ވޯލްޑަކްޕްގެ ފައިނަލް މެޗް ބަލަން ދިއައީ ލަވް ރަންޖަން ގެ ގެއަށް

ރަންބީރާއި އާލިއާ ވޯލްޑަކްޕްގެ ފައިނަލް މެޗް ބަލަން ދިއައީ ލަވް ރަންޖަން ގެ ގެއަށް

Author
ފާތިމަތު ނާވީ
22 ޑިސެމްބަރ 2022 08:44
0

މި ފަހުން ދަރިއަކު ލިބުން ބޮލީވުޑްގެ ދެ ޒުވާން ތަރިން ކަމުގައިވާ އާލިއާ ބަޓް އާއި ރަންބީރު ކަޕޫރު އާދިއްތަ ދުވަހުގެ ރޭއޮތް ވޯލްޑްކަޕްގެ ފައިނަލް މެޗަ ބަލާލުމަށް ދިއައީ ޑައިރެކްޓަރު ލަވް ރަންޖަންގެ ގެއަށްށެވެ.

އެމީހުން މެޗަށްފަހު އެގެއިން ނިކުންނަނިކޮން ނަގާފައިވާ ވީޑިއޯ އާއި ފޮޓޯ ވަނީ ވައިރަލްވެފައިއެވެ. ރަންބިރަކީ ފުޓްބޯޅައަށް ވަރަށް ފޯރި ހުންނަ ތަރިއެކެވެ. ބޮލީވުޑްގެ ތަރިންނާއި އެކުގައި އޭނާ ގަވައިދުން ފުޓްބޯޅަ ކުޅެންވެސް ދެއެވެ.

ވޯލްޑްކަޕްގެ ފައިނަލް މެޗުގައި އާޖެންޓީނާ އާއި ފަރާންސް ވާދަކުރިއިރުގައި، ތަށި ކާމިޔާބު ކޮށްފައިވަނީ އާޖެންޓިނާއިންނެވެ. ރަންބީރާއި އާލިއާ ވެސް ފެނިގެން ގޮސްފައިވަނީ އާޖެންޓީނާގެ ނުލާ ހުދު ކުލައިގެ ޖާޒީގައިއެވެ.

 

View this post on Instagram

 

A post shared by Viral Bhayani (@viralbhayani)

ރަންބީރާއި އާލިއާ ކައިވެނި ކުރީ އާއިލާ އާއި ގާތް ރަހުމަތެރިންގެ ހާޒިރުގައި ވަރަށް ސިއްރުން އަދި އެހާމެ ކުޑަ ހަފްލާއެއްގައި މިއަހަރުގެ އެޕްރިލް މަހުގެ 14 ވަނަ ދުވަހުގައިއެވެ. ރަންބީރާއި އާލިއާ އަށް އަލަތު ދަރިފުޅު ލިބިފައިވަނީ ފާއިރުވި ނޮވެމްބަރު މަހުގެ 6 ވަނަ ދުވަހުގައިއެވެ. އެދަރިފުޅުގެ ނަން އެމީހުން އިއުލާން ކޮށްފައިވެސް ވަނީ ވަރަށް ބޮޑަށް ފުޓުބޯޅައާއި ގުޅުވައިގެންނެވެ. އެގޮތުން އެމީހުން އެކުއްޖާގެ ނަން އިއުލާން ކުރީ ބާސެލޯނާގެ ޖާޒީއަކުންނެވެ.

 

View this post on Instagram

 

A post shared by Viral Bhayani (@viralbhayani)

ރަންބީރު އަދި އާލިއާ އެންމެ ފަހުން ފެނިގެން ގޮސްފައިވަނީ ބޮޑު ކާމިޔާބެއް ހޯދި ޑައިރެކްޓަރު އަޔާން މުކަރްޖީގެ ފިލްމް "ބްރަމަސްތުރާ" އިންނެވެ. މި ފިލްމް އަކީ އެ ދެެމީހުންގެ ކެރިއަރުގެވެސް ވަރަށް ކާމިޔާބު ފިލްމްއެކެވެ. ބޮކްސް އޮފީހުގައި ބޮޑު މަގުބޫލު ކަމެއް ލިބިގެންދިއަ ފިލްްމް ވަނީ ގިނ ރެކޯޑްތަކެއް ވެސް މުގުރާލާއިފައިއެވެ.

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.