ކަބީރް ގެ ފިލްމްގެ ޝޫޓިން އަންނަ މާރިޗު ގައި ކާތިކް ފަށާނެ

ކަބީރް ގެ ފިލްމްގެ ޝޫޓިން އަންނަ މާރިޗު ގައި ކާތިކް ފަށާނެ

Author
ފާތިމަތު ނާވީ
21 ޑިސެމްބަރ 2022 06:28
0

މިއަހަރުގެ މެދުތެރޭގައި ކާތިކް އާރިޔާން ސޮއި ކުރި، ޑައިރެކްޓަރު ކަބީރް ހާންގެ ފިލްމްގެ ޝޫޓިން ކުރިއަށް އޮތް 2023 ގެ މާރިޗު މަހުގައި ފަށާނެ ކަމަށް މީޑިއާ ރިޕޯޓްތަށް ބުނެފިއެވެ.

އަދި ނަން އިއުލާން ކޯށްފައި ނުވާ މި ފިލްމް އާއި ގުޅޭގޮތުން މިހާތަނަށް އަދި އެއްވެސް މައުލޫމާތެއް ހިއްސާކޮށްފައިއެއް ނުވެއެވެ. ކުޑަމިނުން ފިލްމްގެ ބަތަލާވެސް އަދި އިއުލާން ކޮށްފައިއެއް ނުވެއެވެ.

 

View this post on Instagram

 

A post shared by KARTIK AARYAN (@kartikaaryan)

ކާތިކް އާރިޔާންގެ އެންމެ ފަހުގެ ފިލްމު "ބޫލް ބުލައްޔާ2″ ގެ ކާމިޔާބީއާ އެކުގައި އޭނާގެ ތަރި މެދުއުޑުގައި ފިޔަ ޖަހަމުން އަންނަ އިރު، އޭނާއަށް އަންނަނީ ބޮލީވުޑްގައި ނަންހިނާ މަޝްހޫރު ޑައިރެކްޓަރުންނާއި އެކުގައި މަސައްކަތް ކުރުމަށް ފުރުސަތު ލިބެމުންނެވެ.

މި ފިލްމުގެ ސްކްރީންޕްލޭ ލިޔެފައި ވަނީ "83″ އާއި "އިސްތިރީ" އަދި ވެބް ސީރީޒް "ދަ ފެމިލީ މޭން" ފަދަ އުފެއްދުންތަކުގެ ޑައިލޮގްތައް ލިޔުނު ސުމިތު އަރޯރާ އެވެ. ކާތިކާއި ކަބީރްގެ ފިލްމަކީ ހަގީގީ ހާދިސާތަކެއްގެ މައްޗަށް ބިނާކޮށް ލިޔެފައިވާ އެއްޗެކެވެ.

 

View this post on Instagram

 

A post shared by Kabir Khan (@kabirkhankk)

މިފިލްމަކީ ކާތިކްގެ ފިލްމީ ކެރިއަރުގައި ލިބުނު އެންމެ އެންމެ ބޮޑު ފިލްމެވެ. ކަބީރަކީ "ބަޖްރަންގީ ބައިޖާން" އާއި "ސުލްތާން" ކަހަލަ ބޮޑެތި އަދި ކާމިޔާބު ފިލްމުތައް ޑައިރެކްޓްކޮށްފައިވާ މީހެކެވެ.

މިއީ ބޮޑު ބަޖެޓަކުން ވަރަށް ގްރޭންޑް ހަދާނެ ފިލްމެއް ކަމަށް ކުރިން ބުނެފައިވެ އެވެ. މީގެ ޕްރޮޑިއުސަރަކީ އެތައް ކާމިޔާބު ފިލްމް ތަކެއް ގެނެސްދީފައިވާ ސާޖިދު ނަދިއަދުވާލާ އެވެ. މި ފިލްމުގައި ކާތިކް ފެންނާނީ އޭނަ މިހާތަނަށް ފެނިފައި ނުވާހާ ވަރުގަދަ ހަށިގަނޑަކާ އެކީގަ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.