ބޮޑެތި މައްސަލަކަތަކަށް ހައްލު ގެނެވޭނީ ރައީސް ޞާލިހަށް އިތުރު ދައުރެއް ލިބިގެން: އިކްރާމް

ބޮޑެތި މައްސަލަކަތަކަށް ހައްލު ގެނެވޭނީ ރައީސް ޞާލިހަށް އިތުރު ދައުރެއް ލިބިގެން: އިކްރާމް

Author
މުޙައްމަދު ޝަޒައިމް
17 ޑިސެމްބަރ 2022 11:50
0

ރާއްޖޭގައި ހުރި ބޮޑެތި މައްސަލަކަތަކަށް ހައްލު ގެނެވޭނީ ރައީސް ޞާލިހަށް އިތުރު ދައުރެއް ލިބިގެން ކަމުގައި ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އިކްރާމް ހަސަން ވިދާޅުވެއްޖެއެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީން ނެރޭގެ ކެނޑިޑޭޓެއް ކަނޑައެޅިފައި ނުވިނަމަވެސް، މަޖިލީހުގެ ގިނަ އެމްޑީޕީ މެމްބަރުންނާއި، ޕާޓީގެ ލީޑަރޝިޕްގެ ގިނަ ބޭފުޅުންގެ ތާއީދު އޮތީ ރައީސް ޞާލިހަށެވެ. ރައީސް ޞާލިހާއި، ޕާޓީގެ ރައީސް މުހައްމަދު ނަޝީދުގެ މެދުގައި އޮތް ވާދަވެރިކަމާއިއެކު ކުރިއަށް އޮތް ރިޔާސީ އިންތިޚާބަކީ އެމްޑީޕީއަށް ގޮންޖެހުން ބޮޑު އިންތިޚާބެއްކަމަށް އެޕާޓީގެ ގިނަ މެމްބަރުންވެސް ދެކެއެވެ.

ރައީސް ނަޝީދު ވަނީ މިހާރު ހިނގަމުންދާ ވެރިކަމުގެ ފަސް އަހަރުގެ ދައުރުގައި މިސަރުކާރަށް ރައްޔިތުން އުންމީދު ކުރި މިންވަރާއި ގާތަށްވެސް މަސައްކަތް ކުރެވިފައި ނުވާކަމަށް ވިދާޅުވެ ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ.

މެމްބަރު އިކްރާމް ވިދާޅުވީ ރާއްޖޭގެ ސިޔާސީ މަސްރަހުގައި އޮތް ޒާތީ ހަސަވެރިކަމާއި ބައިބައި ވުމަކީ ރާއްޖޭގެ މުސްތަގުބަލާއިމެދު ވިސްނާ ކޮންމެ މީހަކަށް އޮތް ބޮޑު ކަންބޮޑުވުމެއް ކަމަށެވެ. ރާއްޖޭގައި ހުރި މައްސަލަތައް ހައްލުކޮށް، ރާޢްޖެ ހަމަ މަގަށް އެޅުވީ އަދިވެސް ރައީސް ޞާލިހަށް ކަމަށާއި، މިކަން ކުރެވޭނީ އެމަނިކުފާނަށް ވެރިކަމުގެ އިތުރު ދައުރެއް ލިބިގެންކަމަށް އިކްރާމް ވިދާޅުވިއެވެ.

ރާއްޖޭގެ ސިޔާސީ މަޝްރަޚުގަ ޒާތީ ހަސަދަވެރިކަން އޮތް މިންވަރުން ރާއްޖޭގެ މުސްތަޤްބަލާ ދޭތެރޭ ވިސްނާ ކޮންމެ މީހަކުވެސް ކަންބޮޑުވާނެ. ރާއްޖޭގެ ހުރި ބޮޑެތި މައްސަލަތަށް ހައްލުކޮށް ރާއްޖެ ހަމަޔަކަށް އެޅުވޭނީ ރައީސް ޞާލިޚް އަށް އިތުރު ދައުރެއް ލިބިގެން.

– އިކްރާމް ވިދާޅުވިއެވެ.

މެމްބަރު އިކްރާމް މިހެން ވިދާޅުވީ ރައީސް ޞާލިހުގެ ވެރިކަމުގެ ފަސް އަހަރުގެ ތެރެއިން ހަތަރު އަހަރު ނިމިގެން ގޮސްފައިވާއިރު، ވެފައިވާ ބޮޑެތި ވައުދުތައް ފުއްދުމުގައި އެދެވޭ މަސައްކަތްތަކެއް ނުކުރެވޭ ކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ. ބޯހިޔާ ވަހިކަމާއި، މަރުތަކަށް އިންސާފު ހޯދުމާއި، ބްރިޖާއި މިނޫވެސް ބޮޑެތި ކަންކަން ކުރުމުގައި މިސަރުކާރު ފަހަތު ފަޔަށް ބުރަވެފައިވާކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.

ވެރިކަމުގެ ދެވަނަ ދައުރަކަށް ކުރިމަތި ލުމުގެ ޝައުގުވެރިކަން ރައީސް ޞާލިހު ފާޅުކުރައްވާފައިރު، ރައީސް ނަޝީދުވެސް ވަނީ ވެރިކަމަށް ކުރިމަތި ލެއްވުމުގެ ޝައުގުވެރިކަން ފާޅު ކުރައްވާފައެވެ. އެމްޑީޕީގެ ރިޔާސީ ޓިކެޓް ކަށަވަރު ވާނީ އެޕާޓީގެ ތެރޭގައި ބާއްވާ ޕްރައިމަރީންނެވެ. ނަމަވެސް އަދި މިހާތަނަސް ޕްރައިމަރީ ބާއްވާނެ ދުވަހެއް އިއުލާން ކޮށްފައިނުވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.