ލުޠުފީ ފޮރުވައިގެން އުޅުނީ ކާކުގެ ނުފޫޒެއްގައި؟ އެޅީ ކޮން ފިޔަވަޅެއް؟:ޝައިޚް ޒަމްޒަމް ފާރިޝް

ލުޠުފީ ފޮރުވައިގެން އުޅުނީ ކާކުގެ ނުފޫޒެއްގައި؟ އެޅީ ކޮން ފިޔަވަޅެއް؟:ޝައިޚް ޒަމްޒަމް ފާރިޝް

ނޮވެމްނަރު 3. 1988ގައި 19ދިވެހިން ޝަހީދުކޮށްލުމުގައި އިސް މޭސްތިރިއެއްގެގޮތުގައި ހުރި ބާޣީ ޢަބްދުﷲ ލުޠުފީ ފިލައިން އުޅުނުއިރު އޭނާ ފިލީ ކާކުގެ ނުފޫޒުންތޯއާއި، އޭނާ ފިލުވި މައްސަލާގައި އެޅީ ކޮން ފިޔަވަޅެއްތޯ، ދީނީ ޢިލްމުވެރިޔާ ޝައިޚް ޒަމްޒަމް ފާރިޝް ސުވާލު އުފައްދަވައިފިއެވެ.

ޢާންމުކޮށް ދީނީ، ސިޔާސީ، އިޖުތިމާޢީ ކަންކަމާމެދު ޚިޔާލު ފާޅުކުރައްވައި ފާޑު ވިދާޅުވަމުންދާ ޝައިޚް ޒަމްޒަމް ފާރިޝްވަނީ އެތައް ޒަމާނެއް ވަންދެން ލުޠުފީ ފޮރުވައިގެން ގެންގުޅެން އޭނާ ފުރުވާލީ ކޮން ވެރިކަމެއްގައިތޯ ސުވާލުކޮށްފައެވެ.

ނޮވެމްބަރު3، 1988ގައި ރާއްޖެއަށް ދިން އުދުވާނީ ހަމަލާ ރާވައި ހިންގި އިސް މޭސްތިރިޔާ ހ.ހާޖަރާގޭ ބާޣީ، ޢަބްދުﷲ ލުތުފީ ބޭސްފަރުވާއަށް ފޮނުވާލުމުން އެނބުރި ރާއްޖެ ނައިސް ފިލި މައްސަލައިގައި އޭނާގެ މައްޗަށް ވަނީ ހަތް މަހުގެ ޖަލު ހުކުމެއް އިއްވާފައެވެ.

ބޭސްފަރުވާއަށްކަމަށްބުނެ ލުޠުފީ ރާއްޖެއިން ބޭރަށް ފޮނުވީ އެމްޑީޕީގެ ފުރަތަމަ ވެރިކަމުގައެވެ. 2010ވަނަ އަހަރު ރައީސް ނަޝީދުގެ ވެރިކަމުގައެވެ. ބޭރަށް ފޮނުވުން ރާއްޖެއިން ބޭރުގައި ފިލައިގެން އުޅެނިކޮޮށް ދިވެހި ފުލުހުންގެ ޓީމެއްގެ ބެލުމުގެ ދަށުން، ބާޣީ ލުޠުފީ މާލެގެނެސްފައިވަނީ 2019ވަނަ އަހަރުގެ ޖުލައި މަހުގެ 9 ވަނަ ދުވަހުގެ ރޭގައެވެ. ޢުމުރުން 70 އަހަރަށްވުރެ މަތިވެފައިވާ ލުޠުފީ އޭގެ ފަހުން ހުރީ ޖަލަށް ގެންގޮސްފައެވެ. އޭނާ މިހާރު ތަންފީޒު ކުރަމުން ދަނީ ނޮވެންބަރު 3 ގައި ރާއްޖެއަށް ދިން އުދުވާނީ ހަމަލާތަކާ ގުޅިގެން އޭނާގެ މައްޗަށް ކުރި ޖަލު ހުކުމުގެ ބާކީ ބައެވެ. އޭނާ އަލުން ރާއްޖެ ގެނެވުނީ ސްރީލަންކާގައި ބަޔަކުދިން ބޮމުގެ ޙަމަލާއަކާ ގުޅިގެން މުޅި ޤައުމުގެ ސަލާމަތީ ކަންކަން ވަރުގަދަކޮށް އެތަނުގައި ދިރިއުޅޭ ޤައުމުން ބޭރުމީހުން ހޯދައި ފާސްކޮށް ކުރިއަށްގެންދިޔަ އޮޕްރޭޝަނަކާ ގުޅިގެން ލުޠުފީއަށް އެހެންގޮތެއް ނެތިގެން އޭނާ އަމިއްލައަށް ދިވެހި އެމްބަސީއާ ޙަވާލުވުމުންކަމަށް މަޢުލޫމާތު ލިބިފައިވެއެވެ. އަދި ފިލައިން އޭނާ ހުރީ ރާއްޖޭގެ ނުފޫޒުގަދަ ބައެއް މީހުންގެ އެހީތެރިކަމާއެކު އެމީހުންގެ މަދަދުގައިކަމަށްވެސް ތުހުމަތުކުރެވެއެވެ. އެހެންނަމަވެސް މިއިން މައްސަލައެއް މިހާތަނަށް ބަލާފައެއް ނުވެއެވެ.

1988ވަނަ އަހަރު ރާއްޖެއަށް ދިން އުދުވާނީ ހަމަލާ އާއި ގުޅިގެން ލުތުފީގެ މައްޗަށް ކޮށްފައިވާ ހުކުމް ތަންފީޛު ކުރަމުންދަނިކޮށް އޭނާ ފިލާފައިވަނީ 2010 ވަނަ ޖެނުއަރީ މަހުގެ 16 ވަނަ ދުވަހު އޭރުގެ ސަރުކާރުގެ ހުއްދައާއެކު ބޭސްފަރުވާ ކުރުމަށް ރާއްޖެއިން ދިއުމަށްފަހުއެވެ. އެނބުރި ޤައުމަށް ނައިސް އޭނާ ފިލާފައިވާތީ، މޯލްޑިވްސް ޕޮލިސް ސަރވިސްއިން ވަނީ “އިންޓަރޕޯލް” މެދުވެރިކޮށް އޭނާ ހޯދުމަށް “ރެޑް ނޯޓިސް” ވެސް ނެރެފައެވެ. ލުޠުފީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނައީ 2019 މެއި މަހުގެ 1 ވަނަ ދުވަހު، ސްރީލަންކާގައި ހުންނަ ދިވެހި އެމްބަސީއަށް އަމިއްލައަށް ޙާޒިރުވުމުންނެވެ.

ލުޠުފީއަކީ 1988ވަނަ އަހަރުގެ ނޮވެމްބަރުމަހުގެ 3 ވަނަ ދުވަހު ސްރީލަންކާގެ ޓެރަރިސްޓް ޖަމާޢަތެއްކަމަށްވާ ޕީޕަލްސް ލިބަރޭޝަން އޮފް ޓެމިލް އީލާމް (ޕްލޮޓް) ނަމަކަށްކިޔާ ޖަމާޢަތެއްގެ ހަނގުރާމަވެރިން ގޮވައިގެން މާލެ އަރައި ރާއްޖެއަށް ޢުދުވާނީ ޙަމަލާދިން ޓެރަރިސްޓެވެ. އެއީ އެދުވަހު ދިވެހި ރާއްޖޭގައި އޮތް ޤާނޫނީ ސަރުކާދެކޮޅަށް ހަތިޔާރާއެކު ނުކުމެ ބަޣާވާތްކުރި އިސް ބާޣީއެވެ.

އެދުވަހުގެ އުދުވާނީ ހަމަލާގައި ދިވެހިންގެ ކުށެއް ނެތް 19 މީހުންވަނީ ޝަހީދުކޮށްލާފައެވެ. އަދި އެތައް ދިވެހިންނެއް ޒަޚަމްކޮށް އެތައް ދިވެހިންނެއް ރަހީނުކޮށްފައިވެއެވެ. މިޢުދުވާނުގައި ލުޠުފީވަނީ ދިވެހިޤައުމަށް ދުވަހަކުވެސް ޢިއާދަނުކުރެވޭވަރުގެ ބޮޑު ގެއްލުންދީފައެވެ. މި މައްސަލާގައި ލުތުފީ މަރަން ހުކުމްކުރިއެވެ. އެހެންނަމަވެސް ނޮވެމްބަރު ތިނެއްގެ ހަމަލާ އާއި ގުޅިގެން މަރަން ހުކުމްކުރި ކުށްވެރިންގެ އަދަބު އޭރުގެ ރައީސް މައުމޫންވަނީ ލުއިކޮށްދެއްވައި އެއަދަބު އުމުރު ދުވަހުގެ ޖަލުގެ އަދަބަކަށް ބަދަލުކޮށްދެއްވާފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *