ބްރިޖުގައި ހިނގި އެކްސިޑެންޓެއްގައި ދިވެހި ވިޔަފާރިވެރިއަކު ނިޔާވެއްޖެ

ބްރިޖުގައި ހިނގި އެކްސިޑެންޓެއްގައި ދިވެހި ވިޔަފާރިވެރިއަކު ނިޔާވެއްޖެ

Author
މުޙައްމަދު ޝަޒައިމް
16 ޑިސެމްބަރ 2022 05:39
0

ސިނަމާލެ ބްރިޖްގައި މިއަދު މެންދުރު ހިނގި އެކްސިޑެންޓްގައި ދިވެހި ވިޔަފާރިވެރިއަކު ނިޔާވެއްޖެއެވެ.

މިހާދިސާގައި ނިޔާވީ ރާއްޖެ ނައިސް 22 އަހަރު ބެންކޮކްގައި ދިރިއުޅުމަށް ފަހު އެނބުރި ރާއްޖެ އައި ވިޔަފާރިވެރިޔާ ޖަމްބޯ އިސްމާއިލް މޫސާ (ޖަމްބޯ އިއްސެ) އެވެ. އިއްސެ އަކީ، މީގެ 22 އަހަރު ކުރިން ވިޔަފާރީގައި ދިމާވި މައްސަލަތަކެއްގެ ތެރޭގައި ބެންކޮކަށް އަމިއްލަ އަށް ދިރިއުޅުން ބަދަލުކުރި ވިޔަފާރިވެރި އެކެވެ. އޭނާ، އޭގެ ފަހުން އެއްގޮތަކަށް ވެސް ރާއްޖެ ނައިސް ހުރުމަށް ފަހު ރާއްޖެ އައީ ނޮވެމްބަރު މަހުގެ 10ގައެވެ.

ފުލުހުން ވިދާޅުވީ ނިޔާވެފައިވަނީ 54 އަހަރުގެ ދިވެހި ފިރިހެނެއްކަމަށެވެ. އެމީހާ އަކީ މިއަދު މެންދުރު 14:30 ހާއިރު ސިނާމާލެ ބުރިޖުގައި ހިނގި އެކްސިޑެންޓެއްގައި އަނިޔާވި މީހެއް ކަމަށް ފުލުހުން ވިދާޅުވިއެވެ. އެކްސިޑެންޓު ހިނގުމާއި ގުޅިގެން އެމީހާ ޓްރީޓޮޕް ހޮސްޕިޓަލަށް ގެންދިޔަކަމަށާއި، ހޮސްޕިޓަލަށް ގެންދިޔައިރުވެސް އޭނާ ނިޔާވެފައިވާކަމަށް ޑޮކްޓަރުންނާއި ހަވާލާދެއްވާ ފުލުހުން ވިދާޅުވިއެވެ.

ފުލުހުން ވިދާޅުވީ މިއަދު މެންދުރު 13:00 ޖަހާކަންހާއިރު ހުޅުމާލެ ދެވަނަ ފިޔަވަހީގައިވެސް އެކްސިޑަންޓެއް ހިނގާފައިވާ ކަމަށެވެ. އެގޮތުން އެ އެކްސިޑަންޓު ހިގާފައިވަނީ ދެ ސައކަލު ޖެހިގެންނެވެ. އޭގެ ތެރެއިން އެއް ސައިކަލު ދުއްވަން އިނީ 23 އަހަރުގެ އަންހެނެއް ކަމަށާއި، އޭނާ އަކީ ސައިކަލު ދުއްވުމުގެ ލައިސަންސު ނެތް މީހެއް ކަމަށް ފުލުހުން ވިދާޅުވިއެވެ.

ފުލުހުން ވިދާޅުވީ މި ހާދިސާގައި ތިން ފިރިހެނަކާއި އަންހެނަކަށް އަނިޔާވެފައިވާ ކަމަށެވެ. އަދި މި ތިން މީހުންނަށް ވެސް ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަ ކަމަށް ފުލުހުން ވިދާޅުވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.