"މަރު" ކާޑު ބޭނުންކޮށްގެން އޮޅުވާލެވޭނީ ވަކިވަރަކަށް، ރައްޔިތުންތިބީ ހޭލާ: ޝިޔާމް

"މަރު" ކާޑު ބޭނުންކޮށްގެން އޮޅުވާލެވޭނީ ވަކިވަރަކަށް، ރައްޔިތުންތިބީ ހޭލާ: ޝިޔާމް

Author
މުޙައްމަދު ޝަޒައިމް
16 ޑިސެމްބަރ 2022 01:47
0

މިހާރު އޮތް ސަރުކާރުން ވެރިކަމަށް އައުމަށް ބޭނުންހުރި "މަރު" ކާޑު ބޭނުންކޮށްގެން އަނެއްކާވެސް ވެރިކަމުގައި ދެމިތުބުމަށް ކެމްޕެއިން ފެށި ކަމުގައިވީނަމަވެސް ރައްޔިތުންނަށް މިބޭފުޅުން ގެންގުޅޭ މަރުކާޑުގެ މަކަރުވެރިކަން ހާމަވެފައިވާކަމަށް ޕީޕީއެމްގެ ނައިބް ރައީސް އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ޝިޔާމް މިހެން ވިދާޅުވީ 2019 ވަނަ އަހަރަށްފަހު މަރު ކޮމިޝަނުން އިއްޔެ ކުއްލިއަކަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހާމަކުރި ސިޔާސީ ވާހަތަކަށް ރައްދު ދެއްވައި ކުރެއްވި ޓުވީޓެއްގައެވެ. ޝިޔާމް ވިދާޅުވީ ޤާނޫނު އަސަސީން ރައީސުލްޖުމްހޫރިއްޔާ ލިބިދޭ ބާރުގެ ދަށުން އުފެއްދި "މަރު" ކޮމިޝަނަކީ ސިޔާސީ މީހުންގެ މައްޗަށް އެކުލެވޭ ސިޔާސީ ކޮމިޝަނެއްކަން އޮޅޭނެ އެއްވެސް ރައްޔިތަކު ނުހުންނާނެކަމަށެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިޚާބު ކާމިޔާބު ކުރުމަށް ސަރުކާރަށް ގޮތް ހުސްވުމުން އަނެއްކާވެސް މަރުކޮމިޝަން ކުމައްޗަށްނެރެ މީހުންގެ އަބުރު ކަތިލައި، ސިޔާސީ މަންފާ ހާސިލް ކުރުމަށް ކިތަންމެ މަސައްކަތެއް ކުރި ނަމަވެސް މިފަހަރު އެކަން ކާމިޔާބު ނުވާނެކަމަށް ޝިޔާމް ވިދާޅުވިއެވެ.

ސޯލިޙު 2018 ރިޔާސީ އިންތިޚާބުގައި ކުޅުނު "މަރު" ކާރޑު އެހެން ލެވެލްއެއްގައި ޤާނޫން އަސާސީގެ 115 ވަނަ މާއްދާއިން އަމިއްލައަށް ވުޖޫދުކުރި މަރު ކޮމިޝަން ބޭނުންކޮށްގެން 2023 ގެ އިންތިޚާބު ރަސްމީކޮށް ފަށައިފި. ދޮގާއި މަކަރު ހަދާ އޮޅުވާލެވޭނީ ވަކިވަރަކަށް. ރައްޔިތުން ތިބީ ހޭލާ.

– ޝިޔާމް ވިދާޅުވިއެވެ.

މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބެލުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އުފައްދަވާފައިވާ ރިޔާސީ ކޮމިޝަނުން ގެންދަނީ 28 މައްސަލައެއް ތަޙުޤީޤު ކުރަމުންނެވެ. އޭގެ ތެރެއިން މިހާތަނަށް ނިމިފައިވަނީ މަދު މައްސަލައެކެވެ.

މަރުކޮމިޝަންގެ މަސައްކަތްތަށް އެކަށީގެންވާ ވަރާއި ގާތަށްވެސް ނުކުރެވޭތީ ކޮމިޝަން އުވާލުމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި، މަޖިލީހުގައި ހިމެނޭ ގިނަ މެމްބަރުންތަކެއް ވަނީ ގޮވާލާފައެވެ. އަދި އެކޮމިޝަނަކީ ދައުލަތުން ބޮޑު މުސާރަދީފައި މެމްބަރުން އައްޔަންކޮށްފައިވާ ކޮމިޝަނަކަށްވާއިރު އެއްވެސް ނަތީޖާއެއް ކޮމިޝަނަށް ނެރެވިފައި ނުވާކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ސ ސިޔާންޓޭ
ކަލޭމެން ވމާ ހާސްވެގެން ތެޅިއަރުވަނީ ކިޔެއްވެގެންތޭ!!!
އ އިއްބެ
ތެދުފުޅެއް ރައްޔިތުންގެ ތެރެއިން ބައެއް ތިބީ ނިދާފައި ބޮޑުބައިތިބީ ހޭލައި އެމްޑީޕީ އާއި ު ޕީޕީއެމުން ސިޔާސީ ގޮތުން ދޮގުހަދައިގެން ދައްކާވާހަކަ ޤަބޫލުކުރާނީ މިހާރު ވަރަށް މަދުބައެއް ގިނަ ރައްޔިތުން މިހާރު ސިޔާމުމެން އެދައްކާ ވާހަކަ ޤަބޫލެއްނުކުރޭ ނުވެސްކުރާނެ ޚާއްސަކޮށް އަދުރޭގެވާހަކަ
ތ ތޫރަ
ސިޔާމު ތިޔަބުނީ ރަނގަޅު ވާހަކަ އެއް ރައްޔިތުން ނައް އެބަ އެނގޭ ހުރިހާ އެށްޗެއް ސިޔާމުމެން ގެ ގޭމް ޕުލޭނު ވެސް ރައްޔިތުން ނައް އެނގޭ ރ ޔާމީނު ޖަލައް ލާން ވމަސއްކަތް ކުރަމޭންނު އެބަ. ތި ވ ހީލަތް ތެރި ބައެއް.