"ފެލާލައިފި"ގެ ނަމުގައި އިދިކޮޅުން ޖަލްސާއެއް!

"ފެލާލައިފި"ގެ ނަމުގައި އިދިކޮޅުން ޖަލްސާއެއް!

Author
ޢަލީ އާދަމް
15 ޑިސެމްބަރ 2022 08:00
0

އިދިކޮޅު ޕީޕީއެމްއާއި ޕީއެންސީ ހިމެނޭ ކޯލިޝަން "ޕްރޮގްރެސިވް ކޮންގްރެސް" ކޯލިޝަނުން މާލޭގައި ޖަލްސާއެއް ބާއްވަން އަނެއްކާވެސް ނިންމައިފިއެވެ. "ފެލާލައިފި"ގެ ނަމުގައި ބާއްވާ މިޖަލްސާ ބާއްވަން ކަނޑައަޅާފައިވަނީ އަންނަ ހަފްތާގެ ހުކުރުދުވަހުގެރެއެވެ.

ޕީޕީއެމްއިން ބުނީ މާލޭގެ ކާނިވާ ސަރަޙައްދުގައި ބާއްވާ މިޖަލްސާއަކީ މިސަރުކާރުން ރައްޔިތުންނަށް ވެފައިވާ ވަޢުދުތައް ނުފުއްދާތީއާއި ރައްޔިތުންގެ އަތުން ނަގާ ޓެކްސް ބޮޑުކޮށް އެތައް ތަކުލީފެއް ޖައްސާތީ އެކަންކަމާ ދެކޮޅަށް އަޑުއުފުލަން ބާއްވާ ޖަލްސާއެއްކަމަށެވެ. އަދި ތަކެތީގެ އަގުތައް އިންތިހާއަށް ބޮޑުވެ ޢާންމު ޚިދުމަތްތަކުގެ އަގުބޮޑުވެ އެކި ނަންނަމުގައި ރައްޔިތުން ޖޫރިމަނާކޮށް "ފެލާތީ" އެކަންކަމާ ދެކޮޅަށް މިޖަލްސާގައި އަޑުއުފުލާނެކަމަށްވެސް ޕީޕީއެމްއިން ބުނެއެވެ.

ޕީޕީއެމްއިން އަންނަނީ ދޭތެރެދޭތެރެއިން މާލޭގައި ބޮޑެތި ޖަލްސާތައް ބާއްވައި ސަރުކާރަށް ފާޑުކިޔަމުންނެވެ. ފަހަކަށްއައިސް ޕީޕީއެމްއިން ބާއްވާ ޖަލްސާތަކާއި އެޕާޓީން އަތޮޅުތަކަށް ކުރާ ދަތުރުތަކަށް ޢާންމުންގެ ތަރުޙީބު ވަރަށްބޮޑުކަން ފާހަގަކުރެވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.