މިދިޔަ މަހު ރިލީޒްކުރި އަޖޭ ދޭވްގަންގެ ފިލްމު "ދުރިޝަމް 2″ ލިބުނު އާމްދަނީ 200 ކްރޯޑު ހުރަސްކޮށްފި އެވެ.
ސައުތު އިންޑިއާގެ ފިލްމުތަކަށް ބޮޑު ކާމިޔާބެއް ލިބި ހިންދީ ފިލްމުތައް ފްލޮޕްވުމުގެ ސިލްސިލާއެއް ކުރިއަށް ދަނިކޮށް ރިލީޒްކުރި "ޑްރިޝަމް 2″ މިހާރު ވެފައިވަނީ ގޭމް ޗޭންޖާ އަކަށެވެ. ހުކުރު ދުވަހު ރިލީޒް ކުރި 'ދްރިޝްޔަމް 2′ އަށް ލިބެމުންދާ ތަރުހީބާ އެކު ހެނދުނާއި ދަންވަރުގެ ޝޯތަކަށް ވެސް ވަރަށް ޑިމާންޑް ބޮޑު ވެފައި ވާއިރުގައި 3 ހަފްތާ ތެރޭގައި މިވަނީ 200 ކަރޯޑްގެ ކްލަބްއަށް ވަދެފައިއެވެ.
ރިލީޒްކޮށް ހަފްތާއެއްގެ ތެރޭ 100 ކްރޯޑު ލިބުނު އެ ފިލްމަކީ މި އަހަރު ރިލީޒް ކުރި އެންމެ ކާމިޔާބު އެއް ބޮލީވުޑް ފިލްމެވެ. މިއީ ކާމިޔާބު އެކްޓަރުގެ ކެރިއަރުގައި ކުޅުނު ފިލްމުތަކުގެ ތެރެއިން ބޮކްސް އޮފީހުގައި އެވަރުގެ އާމްދަނީއެއް ފަހަނަޅައި ދިޔަ ތިން ވަނަ ފިލްމެވެ. އަނެއް ދެ ފިލްމަކީ 2020 ގައި ރިލީޒްކޮށް އަދި އެ ފިލްމުން އަޖޭ އަށް އެންމެ މޮޅު އެކްޓަރުގެ ދެވަނަ ނެޝަނަލް އެވޯޑް ވެސް ލިބުނު "ތާނާޖީ: ދި އަންސަންގް ވޮރިއާ" އާއި 2017 ގެ "ގޯލްމާލް އެގެއިން" އެވެ.
"ދްރިޝްޔަމް 2″ އަކީ ހަމަ މި ނަން ކިޔާ މަލަޔާލަމް ފިލްމެއްގެ ރިމޭކެކެވެ. މި ފިލްމް އަކީ 2015 ވަނަ އަހަރު ގެނެސްދިން 'ދްރިޝްޔަމް’ގެ ސީކުއެލް އެކެވެ. މި ފިލްމްއިން މައިގަނޑު ގޮތެއްގައި ފެނިގެން ގޮސްފައިވަނީ ކުރީގެ ފިލްމް އިން ވެސް ފެނުނު ތަރިންނެވެ.
"ދުރިޝަމް 2″ އަކީ މި އަހަރު ރިލީޒްވި އަޖޭ، 53، ގެ ފަސް ވަނަ ފިލްމެވެ. އަޖޭގެ އިތުރުން ތާބޫ، އަކްޝޭ ކަންނާ، ޝްރިޔާ ސަރަން އަދި އިޝިތާ ދައްތާ ވެސް މުހިއްމު ރޯލުތަކުން ފެންނަ އެ ފިލްމަށް ލިބެމުންދަނީ އަންދާޒާ ކުރިވަރަށް ވުރެވެސް ރަނގަޅު ތަރުހީބެއް ކަމަށް ރިޕޯޓުތައް ބުނެ އެވެ.
ކޮމެންޓު ފޮނުވާ