ސަރުކާރަށް 40 އަހަރަށްވުރެ ގިނަ ދުވަހު ގިނަ ޚިދުމަތްތަކެއްކުރައްވާފައިވާ ބ.ތުޅާދޫ އިބްރާހިމް ހުސައިންފުޅު އަވަހާރަވެއްޖެއެވެ. އިބްރާހީމް ޙުސައިން ފުޅު ނިޔާވެފައިވަނީ ރޭގެ ވަގުތެއްގައެވެ.
އިބްރާހީމް ޙުސައިން ފުޅަކީ ކުރީގެ ޓްރާންސްޕޯޓް މިނިސްޓަރ އަމީން އިބްރާހީމާއި، ދިވެހި ބަހުގެ އަދީބެއްކަމަށްވާ އަންވަރު އިބްރާހީމްގެ ބައްޕާފުޅެވެ. އަދި ޤައުމީ ފުޓުބޯޅަ ޓީީިމްގެ ކުޅުންތެރިޔާ އަންޞަރުު އިބްރާހީމްގެވެސް ބައްޕާފުޅެވެ.
އަޅުގަނޑުގެ ލޮބުވެތި ބައްޕަ އިބްރާހީމް ޙުސައިން ފުޅު ދާދިދެންމެއަކު ވަނީ ނިޔާވެފައެވެ. ކީރިތި الله ބައްޕަގެ ފާފަ ފުއްސަވައި ބައްޕައަށް ސުވަރުގޭގެ އެންމެ މަތިވެރި ދަރަޖަ ދެއްވާށި! ބައްޕައަށް ފަރުވާދެއްވައި އެހީތެރިވެ، ދުޢާކޮށްދެއްވި އެންމެ ބޭފުޅުންނަށް ހެޔޮ ޖަޒާ ދެއްވާށި! އާމީން pic.twitter.com/SZLL9wtjZB
— Ameen Ibrahim (@ameenmaldives) November 22, 2020
އިބްރާހީމް ޙުސައިން ވަނީ ތުޅަދޫ ސްކޫލަށް 40 އަހަރަށްވުރެ ގިނަ ދުވަހު ޚިދުމަތްކުރައްވާފައެވެ. އެގޮތުން އެރަށު ސްކޫލް ހިންގެވުމުގެ އިތުރަށް، ހިސާބާއި ޤުރުއާނާއި، ދިވެހިބަހާއި އިސްލާމް މާއްދާވެސް ކިޔަވާ ދެއްވާފައިވެއެވެ. އަދި ތުޅާދޫ ހިންގެވުމުގައިވެސް އިބްރާހީމް ޙުސައިން ފުޅު ޚިދުމަތްކުރައްވާފައިވެއެވެ.
އިބްރާހީމް ޙުސައިން ފުޅު ވަނީ ތުޅާދޫގައި ގިނަ ދުވަސްތަކެއް ވަންދެން ޤުރުއާން ކްލާސްވެސް ހިންގަވާފައެވެ. އެގޮތުން އިބްރާހީމް ޙުސައިން ފުޅުގެ ގުރުއާން ކްލާހުން އެރަށުގެ ގިނަ ބަޔަކަށް ޤުރުއާން އުގަންނައިދީފައިވެއެވެ.
Alhuganduge Lobuvethi Bappa, dhaadhi dhenmeaku vany Niyaavefa. Bappage faafa fussavaa, saabithukan dhevva, Thanavas rahumathuga, Jannathuge Enme mathee maqaam dhevvaashi! Heyo dhuaa kohdhevvi, Faruvaa dhevvi, eheetheri vedhevvi faraaithakah heyo ajuru dhevvaashi! Aameen! pic.twitter.com/KAS6lBHrhd
— Ansar (@an5ore) November 22, 2020
އިބްރާހީމް ޙުސައިން ފުޅު އަވަހާރަވުމާއި ގުޅިގެން ދިވެހި ބަހުގެ އުސްތާޛް އއާދަމް ނަޞީރު އިބްރާހީމް ވިދާޅުވީ އިބްރާހީމް ފުޅު ފުރަތަމަ އެމަނިކުފާނަށް ފެނިވަޑައިގަތީ ވަރަށް ހަގު އުމުރެއްގައި ތުޅާދޫންނެވެ. އޭރު އޭނާއަކީ ރަށުގެ މާމިސްކިތު އިމާމުގެ އިތުރަށް މަދަރުސާގެ އިސް މުދައްރިސްކަމަށާއި، އެރަށުގެ ކުދިބޮޑު އެންމެން ނިހާޔަތަށް ޤަދަރުކުރާ ޝަޚްޞިއްޔަތެއްކަމަށް ވިދާޅުވިއެވެ. އޭނާ މަގެއްގެމަތީން ހިންގަވާފައި ވަޑައިގަންނަވަނިކޮށް ކުރިކަނޑާ ދިޔުމެއް އަޑުވީއްލައި އެއްޗެއް ބުނުމެއް ނޯންނަކަމަށް ވިދާޅުވިއެވެ. ޚާއްޞަކޮށް ތުޅާދޫގެ އޭރުގެ ދަރިވަރުންނާއި އަންހެނުންގެ ކިބައިން މި ހިމޭންކަން އެތައް ފަހަރަކު ފެނިވަޑައިގަތްކަމަށް ވިދާޅުވިއެވެ.
Aailaa ah keththerikan dhevvun edhemun… pic.twitter.com/8LwhMjw1iH
— Adam Naseer Ibrahim (@AdamNaseer_) November 23, 2020
އިބްރާހީމްފުޅުގެ ކިބައިން އަބަދު ވެސް ފެންނަނީ ދީންވެރި މަޑުމައިތިރި މިޒާޖެވެ. މުރާލިކަމާއި ކަމަށް ކަމޭހިތްތެވުމެވެ. އަދަބުވެރިކަމަށް ލޯބިކުރެއްވުމެވެ. ނިކަންހަރުދަނާ ނަމޫނާ މުރައްބީއެކެވެ. އޯގާވަންތަ ﷲ ސުވަރުގޭގެ މަތިވެރި ނިޢުމަތުގައި ހެޔޮ ރަޙްމަތުގައި އޭނާގެ ފުރާނަ ލައްވާށިއެވެ.
-އާދަމް ނަޞީރު އިބްރާހީމް ވިދާޅުވިއެވެ.
މަރްޙޫމް އިބްރާހީމް ޙުސައިންފުޅުގެ މޫނުދެއްކުން އޮތީ ހެނދުނު 9 އިންފެށިގެންނެވެ. އަދި ކަށުނަމާދުކުރުން އޮންނާނީ މެންދުރު ނަމާދަށްފަހު އާސަހަރާ މިސްކިތުގައެވެ. ވީހާވެސް ގިނަ ބޭފުޅުން ޖަނާޒާގައި ބައިވެރިވެދެއްވުމަށް އައިލާާއިން ވަނީ އެދިފައެވެ. މާތް ﷲ މަރްޙޫމް އިބްރާހީމް ޙުސައިން ފުޅުގެ ފުރާނައަށް ސުވަރުގޭގެ ނިޢުމަތް މިންވަރު ކުރައްވާށި!
ކޮމެންޓު ފޮނުވާ