ބަނގުރާ ކެއްކުމަށް ބޭނުންކުރި ތަކެތި ފުލުުހުންގެ ބެލުމުގެ ދަށަށް

ބަނގުރާ ކެއްކުމަށް ބޭނުންކުރި ތަކެތި ފުލުުހުންގެ ބެލުމުގެ ދަށަށް

Author
މުޙައްމަދު ޝަޒައިމް
12 ޑިސެމްބަރ 2022 09:43
0

މަސްތުވާތަކެއްޗާއި ބަނގުރަލާ ދެކޮޅަށް ފުލުހުން ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރެއިން، ބަނގުރާ ކެއްކުމަށް ބޭނުންކުރާކަމަށް ބެލެވޭ ތަކެތި އައްޑޫ ސިޓީ ހިތަދޫއިން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފިއެވެ.

އެ ތަކެތި ހޯދާފައިވަނީ ހިތަދޫގައި މަސައްކަތްކުރާ ފުލުހުން މިއަދު ރަށުތެރެ ޕެޓްރޯލުކުރަމުގެ ތެރޭގައި އެ ރަށު ފަޅުގެއެއްގެ ތެރެއިންނެވެ.

އެގޮތުން، ބަނގުރާކަމަށް ބެލެވޭ އެއްޗެއް ހުރި 15 ހަމާއި ބަނގުރާ ކެއްކުމަށް ބޭނުންކުރާކަމަށް ބެލެވޭ ތަކެތި ހޯދާފައިވެއެވެ. މި މައްސަލައާ ގުޅިގެން މިހާތަނަށް މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ.

ހިތަދޫ ޕޮލިސް ސްޓޭޝަނުން މި މައްސަލަ ދަނީ ތަހުގީގު ކުރަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.