ގިނަ ބަޔަކު އޭނާގެ ނަން ބޭނުން ކުރާއިރުގައި ކުޑަކުއްޖެއް ކަމަށް ބުނާ ކަމަށާއި ނަމަވެސް މިހާރު އެހެން ނުކިޔޭނެ ކަަމަށް އާލިއާ ބަޓް ބުނެފިއެވެ.
އާލިއާ ބުނީ އޭނާއަށް މިހާރު ދަރިއަކު ލިބިފައިވާކަމަށާއި އެހެންކަމުން މިހާރު އޭނާ އަށް ކުޑަކުއްޖެކޭ ނުބުނެވޭނެ ކަމަށެވެ.
އާލިއާ އާއި ރަންބީރަށް ވަނީ މިދިއަ މަހުގެ 6 ވަނަ ދުވަހުގައި ދަރިއަކު ލިބިފައެވެ. އަދި އެކުއްޖާއަށް އެމީހުން ކިޔައިފައި ވަނީ 'ރާހާ’އެވެ. އެދެމަފިރިންނަށް ލިބިފައިވައި ވަނީ އަންހެން ކުއްޖެކެވެ.
އާލިއާ ބުނީ މަޔަކަށް ވުމަކީ ގިނަ ކަންތައް ތަކެއް ބަދަލުވާ ކަމެއް ކަމަށާއި އެގޮތުން އޭނާގެ ދިރިއުޅުމުގައިވެސް މިހާރު ގިނަ ކަންތަށްތަށް ބަދަލުވެފައިވާކަމަށެވެ. އެގޮތުން އެބަދަލު އޭނާ ކުޅޭ ފިލްމް ތަކުންވެސް ފެންނާނެ ކަމަށް ވަނީ ބުނެފައިއެވެ.
" އަހަރެންނަކީ މިހާރު މަންމައެެއް. އެންމެ ބޮޑު އެއް ބަދަލަކީ އެއީ. އެއްވެސް މީހަކަށް ދެން އަހަރެންނާއި ދިމާލަށް ކުޑަކުއްޖެކޭ ނުބުނެވޭނެ. މިހާރު އަހަރެންގެ ކުޑަ ދަރިއަކު އެބައޮތް. ދަރިން ލިބުމަކީ ވަރަށް ބޮޑަށް އެކަމުގެ އަސަރު ދިރިއުޅުމަށް ކުރާ ކަމެއް"
– އާލިއާ
އާލިއާ އާއި ރަންބީރު ކައިވެނި ކުރީ ލޯބީގެ ގޮތުން ގުޅިގެން އުޅޭތާ 5 ވަރަކަށް އަހަރު ފަހުންނެވެ. އެމީހުން ކައިވެނި ކުރީ އާއިލާ އާއި ގާތް ރަހުމަތެރިންގެ ހާޒިރުގައި މިއަހަރުގެ އެޕްރިލް މަހުގެ 14 ވަނަ ދުވަހު، އިންޑިއާގެ އާދަކާދަތަކާއި އެއްގޮތްވާ ގޮތުގެ މަތިން ކުޑަ ހަފްލާއެއްގައެވެ. ރަންބީރަށް ވުރެ އާލިއާ 11 އަހަރު ހަގެވެ.
One Response
އަދިވެސް ފނދނ ގރ ވަސް ނުފިލާ