ދަރިފުޅުގެ ކަންކަން ބަލަހައްޓާނީ ޑިއުޓީ ބަހަލައިލައިގެން ކަމަށް ރަންބީރު ކަޕޫރު ބުނެފިއެވެ.
ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ރަންބީރު ކަޕޫރު އައި އާލިއާ ބަޓަށް އެމީހުންގެ އަލަތު ދަރިފުޅު ލިބުނީ މިދިއަ މަހުގެ 6 ވަނަ ދުވަހުއެވެ.
ދަރިއަކު ލިބުނު ފަހުން މަހެއް ވެފައިވާ އިރުގައި މިހާރުވެސް ދިރިއުޅުމަށް ވަރަށް ބޮޑެތި ބަދަލުތަކެއް އައިސްފައިވާކަމަށާއި ހުރިހާ ކަމެއް ގޮސް ގުޅެނީ ދަރިފުޅު ރާހާ އާއި ކަމަށް ރަންބީރު ކަޕުރު ބުނެއެވެ.
އޭނާ ބުނީ މަސައްކަތަށް އަލުން އެބުރި ނިކުންނަ އިރުގައި ޑިއުޓީ ބަހަން ޖެހިފައިވާކަމަށާއި އެހެންކަމުން ދަރިފުޅުގެ ކަންކަން ބަލާނީ ޑިއުޓީ ބަހައިގެން ކަމަށެވެ. އަދި އޭނާ އަށް ވުރެ ގިނައިން އާލިއާ މަސައްކަތް ކުރާ ކަމަށާއި އެހެން ވުމުން ވެސް ދެމީހުން ޖެހޭނީ ދަރިފުޅާއި އެކުގައި ވަގުތު ހޭދަކުރުމަށް ޑީއުޓީ ބަހަން ކަމަށް ވަނީ ބުނެފައިއެވެ.
"އަހަރެން މި މަސައްކަތް ކުރަނީ އަހަރަކު 120 ނުނީ 200 ވަރަކަށް ދުވަހު. އެކަމަކު އާލިއާ އަކީ އަހަރެންނަށް ވުރެ މާގިނަ މަސައްކަތް ކުރާ މާބުރަކޮން އުޅޭ މީހެއް. އެހެންވީމާ އޭނާ މަސަކަތް ކުރާ ގަޑީ ގޭގައި އަހަރެން މަޑުކުރާނީ އޭރަށް އަހަރެން މަސައްކަރް ކުރާ ގާޑީ އޭނާއަށް ގޭގާއި ދަރިފުޅު ކައިރީގައި ހުރެވޭނެތާ.."
– ރަންބީރު
ރަންބީރާއި އާލިއާ ކައިވެނި ކުރީ ލޯބީގެ ގޮތުން ގުޅިގެން އުޅޭތާ ފަސްވަރަކަށް އަހަރު ފަހުން މިއަހަރުގެ އެޕްރިލް މަހުގެ 14 ވަނަ ދުވަހުއެވެ. އެމީހުންނަށް އަލަތު ދަރިފުޅު ލިބުނީ ކައިވެންޏަށް 9 މަސް ވެސް ނުވަނީހެވެ.