ރާއްޖޭގެ ދެކުނުގެ ސަރަޙައްދަށް މިއަދު ވިއްސާރަކުރާނެކަމަށް ލަފާކޮށް މޫސުމާބެހޭ ޤައުމީ އިދާރާ، މެޓް އޮފީހުން ހުދު ސަމާލު ނެރެފިއެވެ.
މިއަދު ހެނދުނު 8:30އިން ފެށިގެން މެންދުރުފަހު 14:30އާ ހަމައަށް ދެކުނުން ލ.އަތޮޅުން ފެށިން އައްޑޫ ސިޓީއާ ހަމައަށް މޫސޫން ގޯސަވާނެކަމަށް މެޓް އޮފީހުން ލަފާކުރެއެވެ.
އެގޮތުން މިސަރަޙައްދަށް ބޯކޮށް ވާރޭ ވެހުމާއެކު ގުގުރާނެކަމަށާ، އަދި ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރު މިނުގައި ވައިޖެހި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވާނެކަމަށްވެސް މެޓް އޮފީހުން ލަފާކުރެއެވެ.
Alert White for heavy rain,thunderstorms and gust winds. pic.twitter.com/NQ2dhIUJZV
— Maldives Meteorology (@MetMaldives) December 7, 2022
މި ޑިސެމްބަރުގައި ރާއްޖޭގެ ގިނަ ސަރަހައްދުތަކަށް ވާރޭ ވެހޭ މިންވަރު، މިދުވަސްވަރަށް އާންމުކޮށް ވެހޭވަރަށްވުރެ މަދު ވާނެކަމަށް މެޓް އޮފީހުން ލަފާކޮށްފައިވެއެވެ. މި ދުވަސްވަރު ރާއްޖޭގެ ސަރަހައްދުގައި ފިނިހޫނުމިން އާންމު މިންގަނޑުގައި ހުންނާނެ ކަމަށް ބެލެވޭކަމަށްވެސް މެޓް އޮފީހުން ބުނެއެވެ،